އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

ނަންބަރު:A/IUL/344/2019/24

 

އިޢުލާން

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

241052-J

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.ފެރިދޫ ކައުންސިލްގެ އިދާރާ

މުސާރަ

4465.00ރ

ސަރވިސް އެލަވަންސް

1500.00ރ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް: 700.00ރ އަދި އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަޞްއޫލިއްޔަތުތައް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

1. ރިސެޕްޝަން ބެލެހެއްޓުން

  • ކައުންސިލްއަށް އެކިއެކި ބޭނުންތަކުގައި ދުރުވާ ފަރާތްތަކަށް މަރުހަބާ ކިޔައި، ރިސެޕްޝަނުގައި ބައިންދާ، ބޭނުންވެގެން ދުރުވިކަމަކާއި ގުޅޭ މެމްބަރު ނުވަތަ މުވައްޒަފަކާއި ގުޅައި، ދުރުވި ފަރާތަށް ކުރިޔަށްދެވޭނެގޮތް ހަދައިދިނުން
  • ހާޒިރީގައި މުވައްޒަފުން ސޮއިކުރުމަށްފަހު ލިޔަނީ ރަނގަޅު ގަޑިތޯ ބެލުން. ސޮއިކުރިގަޑި ނޫން އެހެން ގަޑިއެއް ލިޔެފިނަމަ، ވަގުތުން އެމުވައްޒަފަކަށް ލިޔުނުގަޑި ރަނގަޅު ނޫންކަން އަންގާ އެޗް.އާރ އަށް އެކަން އެންގުން
  • ކައުންސިލްގެ އިދާރާގެ ފޯނަށް އަންނަ ކޯލްތަކަށް ވަގުތުން ޖަވާބުދާރީވުން
  • ފޯނަށް ޖަވާބުދާރީވާންވާނީ ރިވެތި ބަހުން
  • ގުޅައިދޭންޖެހޭ މުވައްޒަފު ނުވަތަ މެމްބަރާއި ގުޅައިދިނުން
  • އެކިއެކި ކަންކަމުގައި ގުޅާ ފަރާތަށް މަގުދައްކައިދޭ މީހަކަށްވުން

2. އެންޓްރީގެ މަސައްކަތް

  • ކައުންސިލްގެ އިދާރާއަށް ލިބޭ ލިޔެކިޔުންތައް އަދި މެއިލް އާއި ޖެމްސް މެދުވެރިކޮށް ލިބޭ ލިޔުންތައް އެންޓްރީކުރުމަށްފަހު، 30 މިނިޓްގެ ތެރޭގައި ޙަވާލުކުރަންޖެހޭ މުވައްޒަފަކަށް ޙަވާލުކުރުން
  • މެއިލްއާއި ޖެމްސް ދޭތެރެ ދޭތެރެއިން ރިފްރެޝް ކުރުން
  • އަވަސްކޮށް ނިންމަންޖެހޭ މުހިއްމު ލިޔުމެއްނަމަ، ޒިންމާދާރުވެރިޔާއަށް އެކަން އެވަގުތަކު އަންގާ ސަމާލުކަމަށް ގެނައުން
  • ބުރާސްފަތި ދުވަހު ހުކުރު ޚުތުބާ ޑައުންލޯޑްކޮށް، ހުކުރު ކުރުމަށް ހަމަޖެހިފައިވާ ފަރާތަށް ހުކުރު ޚުތުބާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން ޙަވާލުކުރުން
  • ޢީދު އަދި ކޭތަ ނަމާދުގެ ޚުތުބާ ޑައުންލޯޑްކޮށް ޙަވާލުރަންޖެހޭ ފަރާތަކަށް ވީ އެންމެ އަވަހަކަށް ޙަވާލުކުރުން

3. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން

  • މުވައްޒަފުންގެ ހާޟިރީ ސަލާމް / ޗުއްޓީ / ހާޒިރުނުވާ / ގަޑިޖެހުން ފަދަ ކަންކަން ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ހާޒިރީގައި ކޮންމެ ދުވަހަކު އަޕްޑޭޓްކުރުން އަދި މެޑިކަލް ސެޓްފިކެޓް / ސަލާމް ނުވަތަ އާއިލީ ޒިންމާގެ ފޯމް ބަލައިގަނެ، ޕްރޮސެސް ކުރުން
  • މަސް ފެށުމުގެ ކުރިން، ވަގުތު އޮއްވައި ފެށޭ މަހަށް މުވައްޒަފުންގެ ހާޒިރީ ހަދައި ޕްރިންޓް ނެގުން
  • މަސް ނިމުމުން، ނިމުނު މަހުގެ ހާޒިރީ އަޕްޑޭޓްކޮށް ފައިލްކުރުން
  • މަސްނިމޭއިރު ސަލާމްގައި ތިބޭ މުވައްޒަފުންގެ ހާޒިރީގެ ކަންތައް ޤަވާއިދުން ނިންމުން
  • މަސްނިމުމުން، އެމަހެއްގެ ހާޒިރީ ރިޕޯޓް ފެށޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހަދައި މުވައްޒަފުންގެ ސޮއިކުރުވާ ފައިލްކުރުން
  • މަސް ނިމުމުން، ކޮންމެ މުވައްޒަފެއްގެ އަހަރީ ހާޒިރީ ރިޕޯޓް އަށް އެމަހެއްގެ މަޢުލޫމާތު އަޕްޑޭޓްކުރުން
  • ކޮންމެ މުވައްޒަފެއްގެ ވަޒީފާގެ އަހަރު ފެށުމުން، ފާއިތުވި އަހަރުގެ އެ މުވައްޒަފެއްގެ ހާޒިރީ ރިޕޯޓްހަދާ މުވައްޒަފުގެ ސޮއިކޮށް ފައިލްކުރުން

4. ކައުންސިލް އިދާރާގެ އަދި މިސްކިތްތަކުގެ ސްޓޮކް ބެލެހެއްޓުން

  • ސްޓޮކަށްބޭނުންވާ އެންމެހާ ތަކެތި ގަތުމަށް ވަގުތުއޮއްވައި ރިކުއެސްޓް ހަދައި ޕްރޮކިއުޕްމެންޓްގެ މަސައްކަތްކުރާ މުވައްޒަފަކަށް ފޮނުވުން
  • މިކައުންސިލްގެ ސްޓޮކަށް އަރުވަންޖެހޭ ހުރިހާ މުދަލެއް ތަރުތީބުން ލިޔުމުން ބަލައިގަނެ ސްޓޮކަށް އެރުވުން
  • މުވައްޒަފުންނާއި ކައުންސިލަރުން ސްޓޮކުން ބޭނުންވާ ތަކެތި، އެކަމަށް އެދޭ ފޯމް ފުރައި ހުށައެޅުމުން، ލިޔުމުން އެތަކެތި އެފަރާތްތަކާއި ޙަވާލުކޮށް ސްޓޮކުން އުނިކުރުން

5. ކައުންސިލްގެ ދުވަހު ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން

  • އެދުވަހެއްގެ ދުވަހު ޔަވްމިއްޔާ ޖެހިގެން އަންނަ ދުވަހު ނިންމުން
  • ދުވަހުޔަވްމިއްޔާ ލިޔުމުގައި ހޯދަންބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުންނާއި، ވެރިންގެ ފަރާތުން ހޯދުން
  • ޔަވްމިއްޔާތަކުގައި ސޮއިކުރުވައި ދުވަހުން ދުވަހަށް ފައިލްކުރުން

6. އިންފޮމޭޝަން އޮފިސަރގެ މަސައްކަތް

  • އިންފޮމޭޝަން އޮފިސަރގެ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • މަސައްކަތާއި ގުޅިގެން ހަދަންޖެހޭ އެންމެހައި ރިޕޯޓްތައް ހަދާ ފޮނުވަންޖެހޭ އިދާރާތަކަށް މުއްދަތަށް ފޮނުވުން
  • މަޢުލޫމާތު ހޯދުމަށް، ހުށައަޅާ ފޯމްތައް، ޤާނޫނާއި އެއްގޮތަށް ކުރިއަށް ގެންދިއުން

  7. ތިމާވެއްޓާއި ބެހޭ މަސައްކަތްތަކާއި ޞިއްހަތާއި ބެހޭ އެންމެހާ މަސައްކަތްތައްކުރުމާއި ބެލެހެއްޓުން

  • ރަށްގިރުމާއި ރަށުގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެރިންގެ ލަފާގެމަތިން ކުރިއަށްގެންދިއުން
  • ރަށުގެ އެކިއެކި ސަރަޙައްދުތަކުގައިހުރި ބޮޑެތި ހިޔާލިބޭފަދަ ގަސްތައް ގިނަ ދުވަހަށް ދެމިހުންނާނެގޮތަށް ކޮށުމާއި ބެލެހެއްޓުން
  • މަދިރިކޮންޓްރޯލްކުރުމާބެހޭ ޕްރޮގްރާމް ވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ހިންގައި ބަލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  • ޞިއްހީގޮތުން އެއްވެސް ފަރާތަކުން ކައުންސިލްގެ އެހީއެއް ހޯދަންޖެހިއްޖެނަމަ، އެފަރާތަކަށް ކޮށްދޭންޖެހޭ ކަންކަން ވެރިންގެ ލަފާގެ މަތިން ކުރުން

8. ކާރިޡާތަކާބެހޭ އަދި އަމަން އަމާންކަމާބެހޭ މަސައްކަތްކުރުން

  • ރަށުގައި ޢާއްމު މަޞްލަހަތު ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންތައްތައް ވެރިންގެ އިރުޝާދާއިއެކު ކުރުން
  • ރަށުގެ އެއްވެސް ތަނަކަށް އަދަޔާޚިލާފު ގެއްލުމެއް ލިބޭފަދަކަމެއް ދިމާވެއްޖެނަމަ، އެކަމަކާގުޅޭގޮތުން ވެރިން އަންގާގޮތަކަށް ޢަމަލުކުރުން
  • އުދައެރުންފަދަ ކަމެއް ދިމާވެއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުން
  • އަލިފާނުގެ ޙާދިޘާއެއް ހިގައިފިނަމަ، ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކަށް އަންގާ ވެރިން އަންގަވާގޮތައް ފިޔަވަޅު އެޅުން
  • ކާރިޘާއެއް ހިނގައިފިނަމަ ނުވަތަ ހިނގާފާނެކަމަށް މަޢުލޫމާތު ލިބިއްޖެނަމަ، ވީހާވެސް އަވަހަކަށް ހުރިހާ ފަރާތްތަކަކަށް އަންގާ ވެރިން އަންގަވާގޮތައް ފިޔަވަޅު އެޅުން

9. އޮފީހުގެ މަސައްކަތްތަކާއިގުޅޭ ދާއިރާއިން އެ މުވައްޒަފަކާއި ޙަވާލުކުރެވޭ މަސައްކަތްތައް

  • މުވައްޒަފަކު ސަލާމް ބުނުވުން ނުވަތަ ޗުއްޓީ ނެގުމުން، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން، ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
  • މިކައުންސިލްގެއަޑުގަދަކުރާއިން އާއްމުކުރުމަށް ޙަވާލުކުރެވޭ ލިޔުންތައް މިކައުންސިލްއިން ހެދިފައިވާ އެސް.އޯ.ޕީ އާއި އެއްގޮތަށް އާއްމުކުރުން
  • އޮފީހުގައި މަސައްކަތްކުރައްވާ މުވައްޒަފަކު ނެތިގެން އެވަގުތަކަށް މުހިއްމުވެގެން ކުރަންޖެހިއްޖެކަމެއް ކުރުން
  • އޮފީހުގެ މުވައްޒަފަކު ހުރެވެސް، އެވަގުތަކީ އެމުވައްޒަފު ބުރަވަގުތަކަށްވާނަމަ، އެކަމެއް ކުރުމަށް ޒިންމާދާރުވެރިޔާ އެދިއްޖެނަމަ އެކަމެއް ކޮށްދިނުން

ޝަރުތު

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

35

35

40

 

މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

 

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

 

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

 

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

 

                   
  • މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

  • އެޕްލިކޭޝަން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމްތަކަށް ކުރިމަތިލާފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 09 ޖުލައި 2019 ން 16 ޖުލައި 2019 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660545 އަށް ގުޅުއްވުން އެދެމެވެ.

                                     23 ޝައްވާލް 1440

26 ޖޫން 2019
ހޯދާ