ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް: މަސައްކަތު (ވަގުތީ)

ބޭނުންވާ އަދަދު: 04 (ފިރިހެން)

ގިންތި: ވަގުތީ 

ރޭންކު: އެސް.އެސް 1 (SS1)

މުއްދަތު: މީލާދީ 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން: ފިރިހެނުންގެ މިސްކިތްތަކުގައި       

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމްމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިއިދާރާއިން ހަމަޖައްސާވާ މިސްކިތެއްގައެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ ހަމައެކަނި މިސްކިތަށް ނުކުންނަ ދުވަސްތަކަށެވެ.

މުސާރައާއި އެލަވަންސް: ކޮންމެ ނަމާދު ވަގުތަކަށް -/45ރ ރުފިޔާ ރޭޓުން

ތަޢުލީމާއި ތަޖުރިބާ: އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން    ސާބިތުކޮށްދިނުން

              އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންނަށް އިސްކަންދެވޭނެވެ.

މަޤާމުގެ މަސްއޫލިއްޔަތު: މިއިދާރާއިން ހަމަޖައްސަވާ މިސްކިތެއްގައި ، އެމިސްކިތަކާއި އެވަގުތަކު ޙަވާލުވެހުންނަވާ އިމާމް / މުދިމް އަންގާ ގޮތެއްގެ މަތިން މިސްކިތު މަސައްކަތު މުވައްޒަފުން ކުރާ މަސައްކަތްތައް ކުރުމެވެ. އެގޮތުން މިސްކިތް ސާފުކުރާއިރު މިސްކިތާއި މިސްކިތު ގޯތިތެރެއާއި ، ވަށާ މަގު ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާހާނާއާއި އިސްކުރު ބަރި ސާފުކުރުމާއި ދިޔަ ދޮވި ސާފުކުރުމާއި މިސްކިތުގައި ހެދިފައިވާ ގަސްތައް ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިސްކިތަށް ކަމެއް ދިމާވެއްޖެނަމަ ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: މަޤާމަށް އެދޭ ފޯމް ހުށަހެޅުން (ފޯމް މިއިދާރާގެ ކައުންޓަރުންނާއި ވެބް ސައިޓުން ލިބިލައްވާނެއެވެ.)

                 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

                 ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދުމުގެ ސުން ގަޑީ: 03 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6528831 ނުވަތަ 6527180 އަށް ގުޅުއްވުން އެދެމެވެ.

25 ޖޫން 2019
ހޯދާ