މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ސ.ހިތަދޫ އައްޑޫ ހައިސުކޫލް މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް އަދި ހދ. ކުޅުދުއްފުށި އޭއީސީ 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް

   

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

 

ޕްރޮޖެކްޓް ނަންބަރު

 

     ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން)

އެން.ސީ.އާރް ގްރޭޑް އަދި ޝަރުޠު ހަމަވާންޖެހޭ ގިންތި

TES/2019/W-082

ސ.ހިތަދޫ އައްޑޫ ހައިސުކޫލް މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4 އަދި 5

TES/2019/W-083

ހދ. ކުޅުދުއްފުށި އޭއީސީ 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް

 ރ80,000.00 

GC01 ގެ ގިންތި 1، 2، 3، 4  

2. ބީލަމެއްގައި ބައިވެރިވުމަށް -/500ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 ޖޫން 2019 އިން 23 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް މިމިނިސްޓްރީ އިންނެވެ.

3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 26 ޖޫން 2019 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

5. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. ބީލަން ހުޅުވުން އޮންނާނީ 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 1617،  296

އީމެއިލް: [email protected]

ކޮޕީ: [email protected]

25 ޖޫން 2019

25 ޖޫން 2019
ހޯދާ