ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހަށް ބޭނުންވާ ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ހޯދުމަށް 11 ޖޫން 2019 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2019/55) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޖުލައި 2 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

20 ޝައްވާލު 1440

23 ޖޫން 2019
ހޯދާ