މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2020-2021

ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2020-2021

       ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ގްރެޖްއޭޓް ލެވެލް ނޮންޑިގްރީ އެކަޑަމިކް ކޯސްވަރކް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އެކްޓިވިޓީގައި އަހަރެއް ޔުނައިޓެޑް ސްޓޭޓްސް ގައި ހޭދަކުރުމަށް ފުރުޞަތު ދެއްވުމަށް ހަމަޖެހިފައިވާކަން އެފަރާތުން ވަނީ އަންގާފައިވެއެވެ. މިޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން  ލިބެން ހުންނާނެއެވެ.

 

         ވީމާ،ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޯގަސްޓް 2019 (ބުރާސްފަތި) ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައިކުރުން އެދެމެވެ. އަދި އެޕްލައި ކުރިކަން ދިވެހިރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރަށް އީމެއިލް އަކުން އެންގުން އެދެމެވެ. އަދި މިކޯހަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު މިއަހަރުގެ އޮގަސްޓްމަހު ފަހުކޮޅުގައި ނުވަތަ ސެޕްޓެމްބަރ މަހު ކުރީކޮޅުގައި އޮންނާނެކަން ސްކޮލަރޝިޕް ދޭ ފަރާތުންވަނީ އަންގަވާފައެވެ.

 

American Center email ID: [email protected]

Online application by creating user account: https://apply.iie.org/huberthhumphrey

 

23 ޖޫން 2019
ހޯދާ