މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ބިން ދޫކުރުން.

ރަށުގައި ދަނޑުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ޢާއްމުކޮށް ހުޅުވާލެވިގެން 5000 އަކަފޫޓާއި 6000 އަކަފޫޓާއި ދެމެދުގެ 10 ބިމާއި، 3000 އަކަފޫޓާއި 3500 އަކަފޫޓާއި ދެމެދުގެ 6 ބިން ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ،

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށާއި ލޯކަލް އިންވެސްޓްމަންޓްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކަށް މި ފުރުޞަޠު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

  • މަޢުލޫމާތު ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ، 24 ޖޫން 2019 އިން 08 ޖުލައި 2019ގެ ނިޔަލަށް ރަސްމީ ގަޑީގައި މުލަކު ކައުންސިލް އިދާރާއިނެވެ.
  • ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 11 ޖުލައި 2019 ވަނަ ދުވަހުގެ 13:00ގައި މުލަކު ކައުންސިލް އިދާރާގައެވެ. ދެވަނަ ފަރާތެއް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަނީނަމަ ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރު ކުރިން އެކަން ބަޔާންކޮށް މި އިދާރާއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހިގެން ޙާޒިރުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެވާހަކަ ދެންނެވީމެވެ.
23 ޖޫން 2019
ހޯދާ