ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމް :

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-290463

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް :

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:   

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭ ތަން :

ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ /ދ. ކުޑަހުވަދޫ

ސެކްޝަން:

މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ:              

މަހަކު 6295.00 ރުފިޔާ

ސާރވިސް އެލަވަންސް:    

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 900.00 ރުފިޔާ   ނުވަތަ  ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށް، މުވައްޒަފު އަދާކުރާ މަގާމުގެ އަސާސީ މުސާރައިގެ %28 ގެ އެލަވަންސެއް "ޓެކްނިކަލް ކޯ އެލަވަންސް" ގެ ނަމުގައި ހަމަޖެއްސޭނެ.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ:

  1. މި އިދާރާގެ އެންމެހައި ޕްރޮޖެކްޓްތަކާ ބެހޭ އިދާރީ މަސައްކަތްތައް ރާވައި ހިންގުން. 
  2. އިދާރާގައި ކުރަންޖެހޭ ޕްރޮޖެކްޓް ތަކާ  ބެހޭ އެންމެހާ މަސަކަތްތަތަކަށް  ބޭނުންވާ ލަފަޔާ މަޝްވަރާ  ކައުންސިލަށް ދިނުން.
  3. އިދާރާއިން ބަލަހައްޓަންޖެހޭ ޢިމާރާތްތަކާއި  ނިމިފައިހުންނަ ޕްރޮޖެކްޓް ތަކުގެ ޚިދްމަތް މެދުނުކެނޑި ދެވޭގޮތަށް  ކުރަންޖެހޭ މަރާމާތު ތަށް ކުރުމާބެހޭ މަސައްކަތް ތަށް ހިންގާ ބެލެހެއްޓުން.
  4. ރަށުގައި ހިންގިދާނެ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް ކައުންސިލްގެ މަޝްވަރާއާއެކު ރަށަށް ފައިދާހުރި ޕްރޮޖެކްޓެއް ހިންގުމަށް ބޭނުންވާ އެންމެހާ މަސައްކަތް ތަށް ކުރުން.                 
  5. ޕްރޮޖެކްޓްތަށް އެކުލަވާލުމަށް ފަހު ބަޖެޓާ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުން .
  6. މިއިދާރާގެ ޕްރޮޖެކްޓްތަކާ ސަރުކާރުންހިންގަވާ ޕްރޮޖެކްޓްތަށް ޤަވައިދާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ތެދުވެރިކަމާއެކު ހަވާލްކޮށް ހިންގެވުމާ އަޅަންޖެހޭ ފިޔަވަޅުތަށް އަޅާ ބެލެހެއްޓުން.
  7. ޕްރޮޖެކްޓްތަށް ހަމަޖެހިފައިވާ ޤަވައިދުތަކާ އެއްގޮތަށް އެކުލަވާލުން
  8. ކައުންސިލުން ކަނޑައަޅާ އެކި އެކި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޕޯޒަލްތައް ތައްޔާރު ކުރަންޖެހޭ ޕްރޮޖެކްޓް ތަކަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި އެކަން ކަމަށް ފަންޑު ހޯދުމަށް މަސައްކަތް ކުރުން.
  9. ސީދާ ޕްރޮޖެކްޓަކަށް ނުވިނަމަވެސް އިދާރާއިން ކުރަންޖެހޭ ޕްރޮޖެކްޓާ ގުޅުންހުންނަ މަސައްކަތްތަކަށް ކުރުން.   
  10. ޕްރޮޖެކްޓަތަކާއި މިދާއިރާއިން ހަދަންޖެހޭ އެގްރިމެންޓްތައް ތައްޔާރުކުރުމާއި އެކަންކަމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން 

  11. އެއްބުރިއައް ވުރެ އުސްކޮށްކުރެވޭ އިމާރާތައް ހުއްދަދިނުމާއި ބެހޭގޮތުން ކުރަންޖެހޭ         މަސައްކަތްތައްކުރުން

  12.ހިނގާ ނިމިފައި ހުންނަ ޕްރޮޖެކްޓްތަކާ ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ދިނުމާއި ޕްރޮޖެކްޓްތަކާ ބެހޭ ތަފާސްހިސާބު ބެލެހެއްޓުން

13. ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިންވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން 

14. ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް  :

  • ތަޢުލީމާއި ތަމްރީން (ޖުމްލަ އިންސައްތަ %40)
  • އިމްތިޚާން (ޖުމްލަ އިންސައްތަ %5)
  • މަސައްކަތުގެ ތަޖުރިބާ (ޖުމްލަ އިންސައްތަ )
  • ލިބިފައިވާ ހުނަރު (ޖުމްލަ އިންސައްތަ %40)

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓްގެ ޖުމަލް %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 02 ވަނަ ދުވަހުގެ 12.00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 14 އާއި 2019 ޖުލައި 18 އާ ދެމެދު، ދ.ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760522 ނުވަތަ 6760667 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                      20 ޝައްވާލް 1440ހ

23 ޖޫން 2019
ހޯދާ