ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

މަޤާމު

އެޓެންޑެންޓް

މަޤާމުގެ ނަންބަރު

J-252986

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ނާރސިންގ

މަޤާމު އޮތް އޮފީސް

ސ. މަރަދޫ ޞިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. މަރަދޫ ޞިއްހީމަރުކަޒު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 1

-/1200 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މަރުކަޒަށް ގެންނަ އިމަރޖެންސީ ކޭސްތަކަށް  ޕޭޝެންޓް ޓްރޯލީތައްޔާރުކޮށް ބެހެއްޓުމާއިއެކު ބަލިމީހަކު ގެނައުމާއި އެކު އަވަހަށް އިމަރޖޭންސީރޫމަށް ވެއްދޭގޮތަށް އިންތިޒާމުކުރުން، އަދި އެފަދަ ޙާލަތްތަކަށް ތައްޔާރުވެތިބުން
  2. ވޯޑްތަކުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ޔޫރިން ބޭގްތައް ނަރުހުންގެ ލަފާއާއެކު  ހުސްކޮށް ، ވޯޑްތަކުގައި ބޭނުންކުރާ ބެޑްޕޭން ޔޫރިނަރ، ކިޑްނީ ޓްރޭފަދަތަކެތި ކޮންމެދުވަހަކުވެސް ކަޑައެޅިފައިވާ ގޮތަށް ދޮވެސާފުކޮށް ޑިސްއިންފެކްޓްކޮށް ބެލެހެއްޓުން
  3. ވޯޑްތަކާއި ލޭބަރރޫމް އަދި އައިސީޔޫފަދަ ތަންތާގައި ބޭނުންކުރާ ނުރައްކާތެރިކުނި  ، ކުނިނައްތާލުމަށް ކަޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ނައްތާލުން
  4. މަރުކަޒުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންނަށް ބޭނުންވާ ބާލީސް އެދުފޮތި ރަބަރުފޮތި ގޮޑި ބެޑްސައިޑްލޮކަރފަދަ އެންމެހާތަކެތި ހޯދާދިނުން
  5. ވޯޑްތަކުގައި އެޑްމިޓް ކޮށްފައިތިބޭ ބަލިމީހުން ޑިސްޗާޖްކުރުމުން ލަސްނުކޮށް އެނދުފޮތި ބާލީހުއުރަ ބަދަލުކޮށް ބެޑްސައިޑް ލޮކަރއާއި ތަންސާފުކޮށް ޑިސްއިންފެކްޓްކުރުން އަދި ބަދަލް ކުރެވޭ ބެޑްޝީޓް ގަވާއިދުން ދޮވެއިސްތިރިކުރުމާއި އެނދު ޑިސްއިންފެކްޓްކޮށް ބެޑްޝީޓް އެޅުން.
  6. ވޯޑްތަކުގައި ބަލިމީހުން ތިބޭ އެނދު ކޮންމެދުވަހަކު އެއްފަހަރު ބެޑްޝީޓް ބާލީހުއުރަ ބަދަލުކުރުން، މީގެ އިތުރުން ބަލިމީހާގެ ޙާލަތުހުރިގޮތުން އިތުރަށް ބަދަލުކޮށްދޭން ޖެހިއްޖެނަމަ ލަސްނުކޮށް ބަދަލުކޮށް ދިނުން، ބެޑްޝީޓް ބަދަލުކުރާއިރު ބަލިމީހާޔަށް އުދަގޫނުވާގޮތަށް ބަދަލުކުރުން، ޙާލުދެރަބަލިމީހުންގެ އެދުފޮތި ބަދަލުކުރާއިރު ނަރުހުންގެ ލަފާގެމަތިން ކަންތައްތައްކުރުން.
  7. ބަލިމީހުން ކަންކަމާމެދު ނުރުހިގެން ވާހަކަދެއްކިޔަސް އެއިން މީހަކަށް ނުރުހުންތެރިކަމާއެކު ވާހަކަ ނުދެއްކުން، އަބަދުވެސް އެމީހުންގެ ހިތްހަމަޖައްސައިދެވޭތޯ މަސައްކަތްކުރުން ބަލިމީހުންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ވާހަކަ ދައްކާހެދުމަކީ މަނާކަމެއްކަން ދަނެ އެއްވެސް ފަރާތަކާއެކު އެފަދަ ވާހަކަނުދެއްކުން.
  8. މުވައްޒަފުން އިންޓަވަލްކުރާ ގަޑިތަކުގައި ސައިކޮޓަރީގައި ބޭނުންކުރާ ފެން ހޫނުކޮށްދިނުމާއި އަދި މުވައްޒަފުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުން
  9. މަރުކަޒަށް  އަންނަ ބަލިމީހުންނަށް ބޭނުންވެއްޖެހިދެއްގައި ބޯފެން ފޯރުކޮށްދިނުން
  10. އޯޕީޑީއޭރިއާ ކޮންސަލްޓޭޝަން ރޫމް ވޯޑް، ޓްރީޓްމަންޓްރޫމް، ލޭބަރރޫމް ފާޚާނާތަކާއި އެތަންތާގައި ބޭނުންކުރާ އެންމެހާ ތަކެތި ނަރުހުންގެ ލަފާއާއެކު ދޮވެ ސާފުކޮށް މޮޕްކޮށް ޑިސްއިންފެކްޓްކޮށް ސާފުތާހިރުކަންމަތީ ބެލެހެއްޓުން،
  11. ބަލިމީހެއްގެ ޙާލަތުހުރިގޮތަކުން މަރުކަޒުގެ އެއްވެސް ތަނެއް ހަޑިވެއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި ވީއެންމެ އަވަހަކަށް އެތަނެއް ސާފުކޮށް ޑިސް އިންފެކްޓްކުރުން، އަދި މިފަދަ ކަމެއްދިމާވެދާނެކަމަށް އަބަދުވެސް ފަސޭހައިން ފެންނަހިސާބުގައި ތިބުން
  12. ވޯޑްތަކުގައި ތިބޭ ބަލިމީހުންނަށް އަބަދުވެސް އެހީތެރިކަން ބޭނުންވާނެކަން ދަނެގެން ޑިއުޓީގައި ތިބޭއިރު ނަރުހުންނާއި ބަލިމީހުނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައްޔާރުވެ ފެންނަ ހިސާބުގައި ތިބުން
  13. ނަރުހުންގެ ލަފާއާއިއެކު ހުސްވެފައިވާ އޮކްސިޖަން ސިލިންޑަރތައް ވޯޑްތަކުންނާއި ތަންތަނުން ބޭރުކޮށް ފިލް ސިލިންޑަރތައް އެތަންތާގައި ބެހެއްޓުން، ސިލިންޑަރތައް އުފުލުމާއި ބެހެއްޓުމުގައި ކަޑައެޅިފައިވާ ޤަވާއިދަށް ޢަމަލުކުރުން
  14. ވޯޑް ކޮންސަލްޓޭޝަންރޫމް، ޓްރީޓްމެންޓްފަދަ ތަންތާގައި ބޭނުންކުރަންޖެހޭ ބެޑްޝީޓްތައް ބަދަލުކުރަންޖެހުމުގެކުރިން ތައްޔާރުކޮށް ކަބަޑްތަކުގައި ބެހެއްޓުން،
  15. ޚިދުމަތްދިނުމުގައި ބޭނުންކުރާ މެޝިނަރީއާއި އިކްވިޕްމަންޓްސް ނަރުހުންގެ އިރުޝާދާއި އެކު ސާފުކޮށް ބެހެއްޓުން
  16. މަރުކަޒަށް އަންނަ ބަލިމީހުންނަށް އެހީތެރިކަމާއި އެއްބާރުލުންދީ ބޭނުންވާކަންތައްތައް އިޙްތިރާމާއި އޯގާތެރިކަމާއެކު ކޮށްދީ ރީތިބަހުން މުޢާމަލާތުކުރުން
  17. މަރުކަޒުގެ ޓްރީޓްމަންޓް ރޫމުން އަދި ފަރުވާދިނުމުގައި ބޭނުންކުރެވޭ ނައްތާލަންޖުހޭ ތަކެތި ނަރުހުންގެލަފަޔާއި އިރުޝާދުގެ މަތިން ރައްކާތެރިކަމާއިއެކު ނައްތާލުން.
  18. މަސައްކަތު މީހާ ނުހުންނަ ވަގުތު ތަކުގައި މަސައްކަތު މީހާއާއި ޙަވާލުކުރެވިފައިވާ މަސައްކަތް ތައް ކުރުން
  19. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ދިމާވާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ މަސައްކަތްކުރުން
  20. މަރުކަޒުގައި ހިންގާ ބޮޑެތި މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ މުވައްޒަފެއްގެ ލަފާގެ ދަށުން އެމަސައްކަތެއް ނިމެންދެން މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެނގުން

(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޮޅާ ސާފުކުރުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި މަރަދޫ ޞިއްހީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ޖުލައި 2019 އާއި 21 ޖުލައި 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 / 6885045 ނަންބަރު ފޯނާއެވެ.

17 ޝައްވާލު  1440

20 ޖޫން  2019

23 ޖޫން 2019
ހޯދާ