މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

މަޤާމް:

ސީނިއަރ ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

ފްލައިޓް އޮޕަރޭޝަންސް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ 

މުސާރަ އާއި އެލަވަންސް:

54,142.50 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1- ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު ، އެސް އެސް ސީ އިމްތިޚާނުގައި ދިވެހި އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން އަދި އައިކާއޯ ޤަބޫލުކުރާ ފްލައިޓް އޮޕަރޭޝަންސް ޕްރޮފެޝަނަލް ޓްރެއިނިންގތައް ފުރިހަމަކޮށްފައިވުން

 - ޕައިލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 9 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

  - ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

2- އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން އަދި އައިކާއޯ ޤަބޫލުކުރާ ފްލައިޓް އޮޕަރޭޝަންސް ޕްރޮފެޝަނަލް ޓްރެއިނިންގްތައް ފުރިހަމަކޮށްފައިވުން

- ޕައިަލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ސީނިއަރ ފްލައިޓް އޮޕަރޭޝަންސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ދިވެހިރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) އަދި ޕައިލެޓުން ތަމްރީން ކުރާ ސްކޫލު ހުއްދަ (ފްލައިން ޓްރޭނިންގ އޮގަނިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައި ވާ ކަންތައްތައްކުރުން
  3. ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން
  4. ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށްް އެދޭފަރާތުގެ ލިޔެކިޔުންތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މުތާލިއާކުރުން
  5. ވައިގެދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންސް ހެދުން
  6. އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) ބެލެހެއްޓުން
  7. ބައިނަލްއަޤުވާމީ ވައިގެދަތުރުފަތުރުގެ ޖަމިއްޔާ، އައިކާއޯ އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޯގަނައިޒޭޝަން ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުން
  8. އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލް ތަކަށް އަންނަ ބަދަލުތައް މުތާލިއާކުރުމާއި އެބަދަލު ތަކަށް ހުއްދަ ދިނުން
  9. ޕައިލޮޓުން،ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (ލައިސެންސް/ސެޓްފިކެޓް/ވެލިޑޭޝަން) ބެލެހެއްޓުން
  10. ޕައިލެޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުތާލިއާ ކުރުމާއި، މެޑިކަލްއާއި ގުޅުން ހުރި ކަންކަމުގައި ގޮތެއްނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިންންގް އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

- 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

   ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

23 ޖޫން 2019
ހޯދާ