މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                  ނަންބަރު: IUL)MMPRC-PRO/1/2019/41) 

އިޢުލާން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،  މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ޖޫން 26 ވާ ބުދު ދުވަހުގެ ހެނދުނު 10:00 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 03 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މި ކޯޕަރޭޝަނަށް (ހ. ޒޮނޭރިއާ، ދެވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                         20 ޝައްވާލް 1440 ހ.

                         23 ޖޫން 2019 މ.

 

 

 

 

 

 

 

23 ޖޫން 2019
ހޯދާ