މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް

 ފްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް

1. މިނިސްޓްރީ އޮފް  އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެދުމުގެ މަތިން  ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލް އަޤްވާމީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫޢޫގެ ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ކޮންސަލްޓަންސީ ފާރމެއް ހޯދަން ބޭނުންވެއެވެ.

2. މި ކޮންސަލްޓަންސީ މަސއްކަތުގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލް އަޤްވާމީ ބަނަދަރެއް ތަރައްޤީ ކުރުމަށްޓަކައި ސްކޯޕިންގ މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓު އެކުލަވައިލުމާއި، ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރުމެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު އާރް.އެފް.ޕީ އާ އެއްގޮތަށް ހުށަހަޅަން ވާނެއެވެ. މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި އަދި އަގަށް (ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން) ރިއާޔަތްކޮށްފައެވެ.

4. ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އަދި ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި މިކަމަށް ރިޢާޔަތްކުރާނެއެވެ.

5. މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2019 އިން 18 ޖުލައި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި ދައުވަތުގެ 08 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓަރ ކޮށްދެވޭނެއެވެ. މި މަސައްކަތާއިބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން 23 ޖޫން 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ބޭނުންވާނަމަ 2019 ޖުލައި 7 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

7. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން 2019 ޖުލައި 21 ވާ އާދިއްތަ ދުވަހު 13:00ގެ ކުރިން "ޕްރޮޕޯސަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ.      

8. ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 1617

އީ މެއިލް: aishath.nadheema@finance.gov.mv

ކޮޕީ: [email protected]

 

20 ޖޫން 2019

20 ޖޫން 2019
ހޯދާ