މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ރަންނަމާރި ހަންޓް-2019

ދެންނެވުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް-2019"

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އަސްކަރީ ތަމްރީން "އެކްސަސައިޒް ރަންނަމާރި ހަންޓް-2019" މި ހިނގާ ޖޫން މަހުގެ 23 އިން 27 އަށް، ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި، ކ. ތިލަފުށި ސަރަޙައްދުގައެވެ. އަދި ނޮދަން އޭރިއާއިން ޅ. އަދި ރ. އަތޮޅުގައެވެ. މި ތަމްރީނުގައި ހަރަކާތްތެރި ވާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ އާއި ހުޅުމާލޭގައި އާރމަޑް ވެހިކަލް، ބޭނުންކުރާނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

             އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

17 ޝައްވާލް 1440

20 ޖޫން 2019

20 ޖޫން 2019
ހޯދާ