މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސް.އޯ.އީޒް ރިފޯމް ކޮންސަލްޓަންސީ (އިންޓަރނޭޝަނަލް)

އިޢުލާން ނަންބަރު:

(IUL)13-PFMU/13/2019/166 

ޕްރޮޖެކްޓް ނަންބަރު:

PSSP-AF/2.3/C/02

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސް.އޯ.އީޒް ރިފޯމް ކޮންސަލްޓަންސީ (އިންޓަރނޭޝަނަލް)

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫގެ ދަށުން ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސް.އޯ.އީޒް) ރިފޯމް ކޮންސަލްޓަންސީގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

އެސް.އޯ.އީޒް ރިފޯމް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް އަދި ޕީ.ސީ.ބީ އަށް ފަންނީ އެހީތެރިކަމާއި ލަފާދިނުމާއި އަދި އެސް.އޯ.އީޒް ރީފޯމްކޮށް، ކޯޕަރޭޓް ގަވަރނަންސްގެ ދަށުން ދައުލަތުގެ ފިސްކަލް ރިސްކް ދައްކުރުމާއި ބަޖެޓްގެ ޙަރަދު ކުޑަކުރުން ހިމެނެއެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތްކޮށްދޭން ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2019 ވާ ބުދަ ދުވަހު 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

      އަބްދުﷲ ޙަސަން

     ޕްރޮޖެކްޓް ޑިރެކްޓަރ

     ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

      މިނިސްޓްރީ އޮފް ފިނޭންސް

      މާލެ،  ދިވެހިރާއްޖެ.

      ޓެލެފޯން: 1617

      ފެކްސް: 3320706 ،3324432

      އީމެއިލް އެޑްރެސް: [email protected] 

             [email protected]

20 ޖޫން 2019
ހޯދާ