މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިކޮނޮމިކް މިނިސްޓްރީގެ ޑިއުޓީ ފްރީ ފިހާރަ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިކޮނޮމިކް މިނިސްޓްރީގެ ޑިއުޓީ ފްރީ ފިހާރަ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

__________________________________________________________________

އިކޮނޮމިކް މިނިސްޓްރީއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަން ހަމަޖެހިފައިވާ ޑިއުޓީ ފްރީ ފިހާރައިގެ ((DF-11 ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

o       ތަނުގެ އިންޓީރިއާ ހުރިހާ މަސައްކަތެއް ކުރުން. (ތަނުގެ ތީމަކީ "ދިވެހިންގެ ސަޤާފަތާއި، އާދަކާދައާއި ދިވެހިވަންތަކަން")

o       އިމާރާތުގެ އެތެރޭގައި (ސްޓޯރޭޖް ހިމެނޭގޮތަށް) ސީލިންގ ހަލާކުވެފައި ހުރި ތަންތަނުގައި ސީލިންގ ހަރުކުރުން ނުވަތަ މަރާމާތުކުރުން.

o       ފާރުތަކުގެ ރެނދުތައް ބެއްދުމާއި ޕުޓީލުން.

o       އިމާރާތުގެ އެތެރެއާއި ބޭރުގައި ހުރި ކުލަ ކަހާ، ސާފުކުރުމަށްފަހު އަލުން ކުލަލުން.

o       ހޮޅިބުރި/ބޮކި ހަރުކުރުން އަދި އެއްވެސް ހޮޅިބުރި/ބޮތްކެއްގެ ހޯލްޑަރު ހަލާކުވެފައިވާނަމަ، ބަދަލުކުރުން.

o       ކަރަންޓް ޕޮއިންޓް ހުރިތަންތަނުގެ ތެރެއިން މަސައްކަތްނުކުރާ ޕޮއިންޓްތައް ހޯދާ އެކަންތައްތައް ހައްލުކުރުމާއި އެކު އަލަށް ކަރަންޓު ޕޮއިންޓް އަޅަންޖެހޭ ތަންތަނުގައި އެފަދަ ޕޮއިންޓްތައް އެޅުމާއި، އަދި މިނޫނަސް ކަރަންޓާއި ގުޅޭ އެންމެހާ ކަމެއް ކުރުން.

o       ބީ.ޓީ.ޔޫ 24000  އިންވާޓާރ އޭސީ އެއް ހަރުކުރުން

o       އިމާރާތުގެ އެތެރޭގައި ހުރި ކަބަޑުތަކާއި ކައުންޓަރު މަރާމާތުކުރަން ޖެހޭނަމަ މަރާމާތު ކުރުން ނުވަތަ އާ ކަބަޑު ސެޓު އަދި ކައުންޓަރު ޖެހުން.

o       ތަޅުމުގައި އާ ތަށިމުށި ޖެހުން އަދި ގެންނަން ޖެހޭ މަރާމާތުތައް ގެނައުން.

o       އިކޮނޮމިކް މިނިސްޓްރީއިން ދޭ ނަމޫނާއާއި އެއްގޮތްވާގޮތުގެ މަތިން ނަންބޯޑު ހެދުމާއި އެ ހަރުކުރުން.

 

ނޯޓު: ވޮރަންޓީ ލިބޭ މުދަލެއް ގަނެގެން ހަރުކުރާނަމަ އިކޮނޮމިކް މިނިސްޓްރީގެ ނަމުގައި ނެގުމާއި އެކު އާފްޓަރ ސޭލްސް ސަރވިސްގެ ގޮތުގައި މަސައްކަތްކޮށްދެވޭނެ މުއްދަތު ހުށަހަޅާ ޕްރޮޕޯސަލްގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ. މި އިއުލާނާއިއެކު ތަނުގެ ފްލޯ ޕްލޭން އެޓޭޗް ކުރެވިފައިވާނެއެވެ.

 

 

މި ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު ސެޝަން އޮންނާނީ 23 ޖޫން 2019 ވާ އާދީއްތަދުވަހު މެންދުރު 01:00 ގައި މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު 1 ވަނަ ފަންގިފިލާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން ވެސް އޮންނާނީ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ޖަހާއިރު ހަމަ މި އޮފީހުގައިއެވެ. މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަވެސް ސަމާލުކަމަށްޓަކައި ދަންނަވައިލަމެވެ.

 

މާކުސް ދެވޭ އޭރިޔާތައް:

މާރކްސް ދެވޭ އުޞޫލު

%

މަސައްކަތުގެ އަގު

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

40%

ތަޖުރިބާ

ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 20 ޕޮއިންޓެވެ.)

20%

 މެއިންޓަނެންސް

ތަން މެއިންޓެއިންކޮށްދޭން އެއްބަސްވާ މުއްދަތު

10%

މަސައްކަތް ނިންމައިލެވޭނެ މުއްދަތު

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

30%

 

 

 

20 ޖޫން 2019
ހޯދާ