ދިވެހިރާއްޖެ
އިޢުލާން |
މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ.
އަދަދު: 250 ކޮޕީ
ސައިޒް: 210mm x 260mm
ސަފުހާގެ އަދަދު: 195 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)
ކަރުދާސް: ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑް
އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް
ޕްރިންޓް: ހުރިހާ ގަނޑެއް ކުލަކޮށް
ފިނިޝިންގ: ޕަރފެކްޓްލީ ބައުންޑް، ސައިޒަށް ކަފާފައި، ގްލޮސް ފިނިޝް.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
24 ޖޫން 2019 |
ހޯމަ |
15:00 |
މާރކްސް ދޭނެގޮތް:
- އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
- ޑެލިވަރީ މުއްދަތު: (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
- ތަޖުރިބާ: (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް)
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)
- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖްރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)
- ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް
16 ޝައްވާލް 1440