މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލް އިމާރާތެއްގެ އާބާތުރަފިލުވައި ބަދަލުތަކެއް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލް އިމާރާތެއްގެ އާބާތުރަފިލުވައި ބަދަލުތަކެއް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް، މިކުންފުނީގެ އިމާރާތެއްގެ އާބާތުރަފިލުވައި ބަދަލުތަކެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޖޫން 24 ވާ ހޯމަދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

      ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2019 ޖުލައި 1 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގައިި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ. 

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޖުލައި 10 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 10 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

18 ޖޫން 2019
ހޯދާ