މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީއަށް މޭޒު،ވޯކްސްޓޭޝަން، ބުކްސެލްފް ގަތުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                              ނަމްބަރ: IUL 10-F/10/2019/63

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ  (IUL)10-F/10/2019/61  (10 ޖޫން 2019) އިޢުލާނާއި ގުޅިގެން މައުލޫމާތަށް އެއްވެސް ފަރާތަކުން ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އެ ތަކެތި ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

  • 02 ވޯކް ސްޓޭޝަން
  • 05 މޭޒު
  • 12 ބުކްސެލްފް

ވީމާ، މިތަކެތި ވިއްކުމަށް  ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏ 15 ޝައްވާލް 1440

 18 ޖޫން    2019 

 

18 ޖޫން 2019
ހޯދާ