ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ރައްޔިތުންގެ ޤުރުއާން ކުލާސް ހިންގައިދޭނޭ ފަރާތެއް ހޯދުން

2019 ވަނަ އަހަރު ވަންދޫ ރައްޔިތުންގެ ޤުރުއާންކުލާސް ހިންގައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޖޫން 2019 ވާ ހޯމަ ދުވަހު 10:00 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

18 ޖޫން 2019
ހޯދާ