ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެދަށުން މުވައްޒަފުން ހޯދުން

                                   ވަޒީފާގެ ފުރުޞަތު

ވޭޖްސް އެމްޕޮލޯއިމަންޓްގެ ދަށުން ތިރީގައިމިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަސައްކަތް:

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރގެ މަސައްކަތްތައް ކުރުން.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް އޮތް އޮފީސް:

ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގެ މުއްދަތު:

މަސައްކަތްހަވާލުކުރެވޭދުވަހުން ފެށިގެން 03  ( ތިނެއް ) މަސްދުވަސް

މުސާރަ:

ސިވިލް ސަރވިސް އެސިސްޓެންޓް ޕްލޭނިންގ އޮފިސަރގެ މުސާރައާޢި ސަރވިސް އެލަވަންސް އިން ދުވާލަކަށް ޖެހޭ މިންވަރު.

ދުވާލަކަށް 198/83( ސަތޭކަ ނުވަދިހަ އަށްރުފިޔާ އަށްޓިހަ ތިންލާރި ) މި މަސައްކަތުގެ މުއްދަތުގައި އުޖޫރަ ލިބޭނީ މަސައްކަތް ޙަވާލުކުރުމުން މަސައްކަތަށް ނިކުންނަ ދުވަސްތަކަށް އެކަންޏެވެ.

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މީޙުންގެ ރަޖިސްޓްރީ އަޕްޑޭޓްކުރަމުން ގެންދިޔުން.
  2. ރަށުގެ ތަފާސްހިސާބް ހޯދައި ބޭނުންވާ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށްދިނުން.
  3. ރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުން.
  4. ރަށުގެ މައުލޫމާތު ފައިލް ތައްޔާރުކޮށް ބެލެހެއްޓުން.
  5. އިދާރާއަށް އެކިފަރާތް ތަކުން ގަންނަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުން.
  6. ކުލިނަގާގޮތައް ހަވާލުކުރެވިފައިވާ ބިންބިމުގެ ދަފްތަރު ބެލެހެއްޓުން.
  7. ދޫކުރާ ބިންބިމާއި އަލަށްހަދާ މަގުމަގަށް އަރާރުއްގަހުގެ ވެރިންހޯދައި ބަދަލު ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  8. އިންވެންޓްރީ ބެލެހެއްޓުން.
  9. އިދާރާއަށް ގަންނަން ޖެހޭތަކެތި ގަތުމާއި މަރާމާތުކުރަންޖެހޭ ތަކެތި ޤަވާއިދުން މަރާމާތުކުރުން.
  10. ފަޤީރުންގެ ލިސްޓްނެގުން.
  11. ވިޔަފާރި ހުއްދަދޫކުރުން.
  12. ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން.
  13. އެކިއެކި މީސްމީހުންނަށް މިރަށުން ދިރިއުޅުމަށް ގޯއްޗެއް ނުވަތަ ބިމެއް ލިބިފައިވޭތޯ ބެލުމަށް އެހެނިހެން އިދާރާތަކުން ހުށަހަޅާ ލިސްޓްތައް ޗެކްކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދިނުން.
  14. އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓްމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން.
  15. ކޮންޓްރެކްޓް ރަޖިސްޓްރީ ބަލަހައްޓައި ހުރިހާކޮންޓްރެކްޓެއް ފައިލްކޮށް ބެލެހެއްޓުން.
  16. އެކިއެކި ދުވަސްތައްފާހަގަކުރުން.
  17. ދަނޑުވެރިންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި ދަނޑުބިންބޭނުންކޮށް،ދަނޑުވެރިންގެ ސަބްސިޑީގައި ސޮއިކުރުން.
  18. ކޮންމެމަހެއްގެ މަސްވެރިކަމުގެ ރިޕޯޓް އެގްރިކަލްޗަރ މިނިސްޓްރީއަށް ފޮނުވުން.
  19. އިދާރާއަށް ގަންނަތަކެތީގެ އަގުބަލައި އޯޑާރކުރުން.

ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަސައްކަތަށް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަސައްކަތަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ވަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި 2019 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަސައްކަތަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 4 ޖުލައި 2019 ވަނަ ދުވަހުގެ ކުރީގެ ތާރީޚެއްގައި، ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާގައެވެ.ވުމާއެކު، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަސައްކަތަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7980047 ނަންބަރު ފޯނަށް ނުވަތަ 7677117 ނަންބަރު ފޯނާއެވެ.

14 ޝައްވާލް 1440

17 ޖޫން 2019

17 ޖޫން 2019
ހޯދާ