މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލަށް ބޭނުންވާ ކެމިސްޓްރީ ލެބް އިކުއިޕްމަންޓް ސަޕްލައި އަދި ޑެލިވަރކޮށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރީ-ޓެންޑަރ

ޕްރޮޖެކްޓް ނަންބަރު: TES/2019/G-008-R01

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެދިލެއްވުމުގެ މަތިން، ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކުރެވޭ އެ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލަށް ބޭނުންވާ ކެމިސްޓްރީ ލެބް އިކުއިޕްމަންޓް ސަޕްލައި އަދި ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)13-K/13/2019/95 މި މިނިސްޓްރީގެ ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބީލަންތައް ބާތިލްކޮށް، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 18 ޖޫން 2019 އިން 08 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00  އަށް މި މިނިސްޓްރީއިންނެވެ.

3. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 19 ޖޫން 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 15,000/-ރ (ފަނަރަހާސް ރުފިޔާ(ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 118 ދުވަހެވެ.

5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

6. ބީލަން ހުޅުވުން އޮންނާނީ 09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނެޝަނަލް ޓެންޑަރ

      މިނިސްޓްރީ އޮފް ފިނޭންސް

      އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

      ފޯން: 1617

      އީ-މެއިލް: [email protected]

      ކޮޕީ: [email protected]

17 ޖޫން 2019
ހޯދާ