މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

 

މަޤާމް:                    އެސިސްޓެންޓް ފައިނޭންސް އޮފިސަރ  

މަޤާމުގެ ނަންބަރު:             J-305368

ބޭނުންވާ ޢަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ވަގުތީ

މަޤާމުގެ މުއްދަތު :             ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 06 ފެބްރުއަރީ 2021ގެ ނިޔަލަށް  

މަޤާމުގެރޭންކް:                GS4  

މަޤާމުގެކްލެސިފިކޭޝަން:         އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/އިދާރާ:  އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:                   5020.00 ރުފިޔާ

ސަރވިސް އެލަވަންސް:          1500.00 ރުފިޔާ

އިތުރު އިނާޔަތް:              ސިވިލް ސާރވިސް ޤަވާއިދުގައި ވާގޮތުގެ މަތިން އިތުރު ގަޑިގައި                       ކުރާމަސައްކަތައް އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:  

  1. އިދާރާއަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި އެފައިސާއާގުޅޭ ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯރޓްތައްހެދުން.

  2. ކައުންސިލްގެ އެކައުންޓްތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ފައިސާގެ ރިޕޯޓްތައް ހެދުން.

  3. ކައުންސިލްގެ  އެކައުންޓްތަކުން ޚަރަދު ކުރަންޖެހޭ ފައިސާ، ޚަރަދު ކުރުމާއި ގުޅޭ މަސައްކަތް ކުރުން.

  4. ބަޖެޓާގުޅޭގޮތުން މާލިއްޔަތާބެހޭ ޤާނޫނާ ޤަވާއިދުތަކުގެ ދަށުން ހަދަންޖެހޭ ރިޕޯރޓްތައް ހެދުން.

  5. ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހެދުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  6. އަލިފުށީ ކައުންސިލުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތައް ތަކަށް ކުރާ ހަރަދު މަހުން މަހަށް ރިޕޯރޓްތައް ހެދުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

  7. ކައުންސިލުގެ ބޭނުމަށް ހަދަންޖެހޭ ފައިސާއާއި ގުޅޭ އެންމެހާއި ރިޕޯޓްތައް ތައްޔާކުރުމާއި ހުށައަޅައިދިނުން.

  8. ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ކައުންސިލްގެ ލަފާގެމަތީން އެމަސައްކަތްތައްކުރުން.

  9. ތަރައްގީގެ ޕްލޭނާގުޅިގެން ހަދަންޖެހޭ ފައިނޭންސިއަލް ޕްލޭންހެދުން.

  10. މުވައްޒަފުންގެ މުސާރަ ޝީޓްތައް ތައްޔާރުކުރުމާއި،މުސާރަ ހަވާލުކުރުން.

 

 

 

މަޤާމުގެ ޝަރުތުތައް

 

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ،

 

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ،

 

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1 ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މިކައުންސިލްގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކަކުން ދޫކޮއްފައިވާ   ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި   ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮއްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ،  

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ،                       

7. ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ        

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :                                                        

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.                                                                                  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.                                                                                                                           

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ތައުލީމީފެންވަރު، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާތަކެތި ހުށައަޅާނީ 25 ޖޫން 2019 ވަނަ ދުވަހުގެ 14:00 ގެކުރިން އަލިފުށީކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް [email protected] ށް ފޮނުވުމުންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29  ޖޫން 2019 ގައި އަލިފުށީ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠުފުރިހަމަވާ ހުރިހާފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.

 

        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ފޯނު ނަންބަރު 6580021 އަށެވެ.

          13 ޝައްވާލް 1440

           17  ޖޫން 2019

17 ޖޫން 2019
ހޯދާ