މާފަރު ސްކޫލް
ދިވެހިރާއްޖެ
ލައިބްރަރީ އިމާރާތުގައި ނުނިމިހުރި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު

 

 

މާފަރު ސްކޫލް

 

ނ.މާފަރު،

ދިވެހިރާއްޖެ.

އިޢުލާން ނަންބަރ: GS:115/2019/16

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގައި އިމާރާތްކުރަންފަށާފައިވާ ލައިބްރަރީ އިމާރާތުގައި ނުނިމިހުރި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިޕްރޮޖެކްޓްގައި  ހިމެނޭ މަގަނޑު މަސައްކަތްތައް

ހ. އިމާރާތުގެ ވަށައިގެން ދިޔަދޮވި ހަރުކޮށް ކުރެހުމާއި އެއްގޮތަށް ފެންވައިރިން އެޅުން

ށ. އިމާރާތުގެ އެތެރެ އާއި ބޭރު(އަސްކަނި) ސީލިންގް އެޅުން

ނ. ތައްޔާރުކުރެވިފައިވާ ޓެކްނިކަލް ސްޕެސިޕިކޭސަން އާއިއެއްގޮތަށް ކަރަންޓްވައިރިންގެ މަސައްކަތް ކުރުން. އިމާރާތަށް ސްކޫލްގެ މެއިން ބޯޑުން ކޭބަލް އެޅުން.

ރ. 24000 ބީޓީޔޫ ގެ އިންވާޓާރ 3 އެއަރ ކޮންޑިސަނަރ ހަރުކުރުން.

ބ. ތައްޔާރުކުރެވިފައިވާ ޓެކްނިކަލް ސްޕެސިޕިކޭސަން އާއިއެއްގޮތަށް އިމާރާތުގެ ތަޅަމުގައި މުށިޖެހުން.

ޅ. ތައްޔާރުކުރެވިފައިވާ ޓެކްނިކަލް ސްޕެސިފިކޭސަންއާއި ކުރެހުމާއި އެއްގޮތަށް ފާހާނަ އާއި ފާހާނާއާ، ގުޅުންހުރި މަސައްކަތްތައް ނިންމުން.

  1. މިޕްރޮޖެކްޓްގެ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި ބިޑްހުށައެޅުމުގެ ބައްދަލުވުމަށް ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ޑޮކިއުމެންޓްސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 23 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގެ އޭވީ ރޫމްގައިއެވެ.

 

  1. ބީލަން ހުށައެޅުން އޮންނާނީ 2019 ޖޫން 30 ވާ  އާދިއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގެ އޭވީ ރޫމްގައިއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު އަދުނާން

ޕްރިންސިޕަލް

ފޯން: 9665339

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

17 ޖޫން 2019
ހޯދާ