މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުން

އިޢުލާން

ތަޢާރަފު

މި މަޝްރޫއުއަކީ ސާފުރާއްޖެ އިނީޝިއޭޓިވްގެ ދަށުން، ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމެވެ. 

ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތުގައި ކުރަންޖެހޭ ކަންތައްތަކާއި، ޚިދުމަތުގެ ކޮލެޓީ ހުންނަންޖެހޭ ގޮތާއި ބީލަމުގައި ހިމަނަންޖެހޭ ތަކެތީގެ ތަފްޞީލު ހިމަނާފައިވާ ބީލަން ފޮތް މި މިނިސްޓްރީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.         

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 17 ޖޫން 2019 އިން 23 ޖޫން 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 12،000.00 (ބާރަހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަން ފޮތުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،  މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް:  [email protected] ވެބްސައިޓް: www.environment.gov.mv

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސްޓޯލްކޮށްދިނުމުގެ މަސައްކަތާބެހޭ އިޢުލާނު ނަންބަރު: (IUL)438-WMPC/438/2019/147

17 ޖޫން 2019
ހޯދާ