ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަރުމުދާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ހަރުމުދާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

            މި އިދާރާއަށް ބޭނުންވާ ބައެއް ހަރުމުދާ ގަންނަންބޭނުންވެއެވެ.

            ވީމާ، ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2019 ވާ އާދީއްތަ ދުވަހު  10:00 އަށް މި އިދާރާއަށް ވަޑައިގެންމަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            01 ބައިންޑިންގ މެޝިން

            01 ވީލްބަރޯ (ބޮޑު)

            02 ފައިލިންގ ކެބިނެޓް

            03 މީޑިއަމް ބެކް ޗެއަރ

            03 ހައި ބެކް ޗެއަރ

            01 ލެޕްޓޮޕް

            05 ކޮމްޕިއުޓަރ ސިސްޓަމް

             މިކަމަށް އެދި ކުރިމަތިލެވޭނި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނަށެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

16 ޖޫން 2019
ހޯދާ