މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް އޮފިސަރ

މި އިޢުލާންވަނީ 16 ޖޫން 2019 10:19 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރ:

J-302878

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާއަދާ ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، މާލެ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

 

ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު -/900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ މީޑިއާ / ޖާނަލިޒަމްއެވެ)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި މިނިސްޓަރ/އެގްޒެކެޓިވް ފެންވަރުގެ ބޭފުޅުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކާ ގުޅޭގޮތުން ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޚަބަރު ތައްޔާރުކޮށް، ޤަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ މިނިސްޓްރީގެ ވެބްސައިޓް، ޓްވިޓަރ އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކާ ގުޅޭގޮތުން ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޚަބަރު ތައްޔާރުކުރުމާއި ގަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ، މިނިސްޓްރީގެ ވެބްސައިޓް ޓްވިޓަރ އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. މިނިސްޓްރީއިން ހިންގާ އިވެންޓްތަކާއި އަދި ޕްރެސް ކޮންފަރެންސްތަކުގެ އިންތިޒާމުކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ލައިބްރަރީއެއް ޤާއިމްކޮށް ބެލެހެއްޓުން.
  4. މިނިސްޓްރީގެ ވެބްސައިޓްގައި ހިމެނޭ މަޢުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. މިނިސްޓަރ އާއި މިނިސްޓްރީގެ އިސްވެރިން އެކިއެކި އިވެންޓް، ޕްރޮގްރާމް އަދި ޖަލްސާތަކުގައި ދެއްވާ ސްޕީޗް ދިވެހިބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކުރުން.
  6. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޕްރެޒެންޓޭޝަން ތައްޔާރުކުރުމާއި ޕްރެޒެންޓްކުރުން
  7. މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާއާ ގުޅިގެން މީޑިއާގެ ފަރާތްތަކުން އެދޭ މަޢުލޫމާތުތައް، ކަމާބެހޭ ޑިވިޜަން/ސެކްޝަން އިން ހޯދުމަށްފަހު، މީޑިއާތަކަށް ފޯރުކޮށްދިނުމަށތައްޔާރުކުރުން.
  8. މިނިސްޓްރީން ތައްޔާރުކުރަންޖެހޭ އެކިއެކި މާރކެޓިންގ މެޓީރިއަލްސް ކަމާބެހޭ ޑިވިޜަން/ސެކްޝަން އިން ހޯދުމަށްފަހު ތައްޔާރުކުރުން.
  9. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތްތައް ކުރުން.
  10. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުން ހިންގާ އެކިއެކި އިވެންޓްތައް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ހުށަހަޅާދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  11. ޤާނޫނު ނަންބަރ 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުން. އަދި ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  12. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން (މީޑިޔާ/ ޖަރނަލިޒަމް/ މާކެޓިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ސަނަދެއް ހާސިލްކޮށްފައިވުން

ވަޒީފާގެ ދާއިރާތައް

  1. މީޑިއާ
  2. ޖަރނަލިޒަމް

ތަޢުލީމީ ރޮނގުތައް

  1. މީޑިއާ
  2. ޖަރނަލިޒަމް
  3. މާކެޓިން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިމިނިސްޓްރީގެ ވެބްސައިޓުން www.mcst.gov.mv  އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ 

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

 7. ސިވިލް ސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

 8. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018 ގައިވާ  ގޮތުމުގެ މަތިން، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. އަދި މިމަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ (އެމް.އެސް 2) ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. މިގޮތުން:

ތަޢުލީމާއި ތަމްރީން: %40

އިމްތިޙާން: %5                 

 ލިބިފައިވާ ހުނަރު: %40

މަސައްކަތުގެ ތަޖުރިބާ: 15%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖޫން 2019 (ހޯމަ) ދުވަހުގެ  13:30 ގެ ކުރިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިމްތިހާނު، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނީ، 30 ޖޫން  2019 އާއި 11 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3302200 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

13 ޖޫން 2019
ހޯދާ