ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

146-A1/2019/102:ނަންބަރު

އިޢުލާން

           މިކޯޓުގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު 146A1/2019/38 (21 ފެބުރުއަރީ 2019) އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމު:

 ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ ޢަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

 އެމް.އެސް 1

މަސައްކަތްކުރަންޖެހޭ ތަން:

 ފެމިލީ ކޯޓު /  އައިޓީ އެންޑް ކޮމިއުނިކޭޝަން

އަސާސީ މުސާރަ:

 މަހަކު 5610/- ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ.

 - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ.

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު).

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުންރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން، ނުވަތަ

 - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، ޖީ.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 

 

 - އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެ އެކަށޭނަ އަ.އި.ޓީ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް ބެލެހެއްޓުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން.

 - އޮފީހުން ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި، އޮންލައިން ޕޯޓަލް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި، ޑޭޓާބޭސްއަށް ބޭނުންވާ އަޕްޑޭޓްތައް ހޯދާ އިމްޕްލިމެންޓްކުރުމާއި، ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމާއި، މިނޫންވެސް ޑޭޓާބޭސް ބެލެހެއްޓުމާގުޅޭ އެންމެހައި ކަންކަން ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން.

 - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހޯދާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ބެލެހެއްޓުން.

 - ނެޓްވާރކް އެޅުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

 - އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި އެހެނިހެން އައި.ޓީ ދާއިރާއާ ގުޅޭ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހައްލު ނުކުރެވޭވަރުގެ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން.

 - އައި.ސީ.ޓީ ސިސްޓަމްސްއާއި ޕެރިފެރަލްސް އިންސްޓޯލްކޮށް ކޮންފިގާރ ކުރުމާއި އެތަކެތި މެއިންޓެއިން ކުރުން.

 - އެކްސެސް ކޮންޓްރޯލް ސިސްޓަމްތަކާއި އެޓެންޑަންސް ސިސްޓަމްތައް ބެލެހެއްޓުމާއި، ކާޑް އިޝޫކުރުން.

 - އައި.ސީ.ޓީ ސާވާރ ރޫމުގެ ސެކިއުރިޓީއާއި، ސާވާރ އެންވަޔަރަންމަންޓް ރަނގަޅަށް ބެލެހެއްޓުން.

 - ސާވާރ އަދި ސްޓޯރޭޖް އިންސްޓޯލްކުރުމާއި މެއިންޓެއިން ކުރުން، އަދި މިފަދަ ތަކެތީގެ ބެކަޕް ނެގުން.

 - ޔޫސާރ އެކައުންޓްސް، ޔޫސާރ ރައިޓްސް އަދި މެއިލް އެކައުންޓްސް ހަދައިދީ، އެ ތަކެތި ބެލެހެއްޓުން.

 - އޮފީހުގެ ވެބްސައިޓްގެ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމާއި ޑެއިލީ އަޕްޑޭޓް ގެނެއުން

 - މެމްސް އިން ނަންބަރު ނެގުމާއި ސެކްޝަންތަކަށާއި އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ، ފޯމު ސުޕަވައިޒަރުގެ ހުއްދައާއެކު ފޮނުވުން.

 - އައި.ސީ.ޓީ ޕޮލިސީ އެންޑް ޕްރޮސީޖަރާ އެއްގޮތަށް މަސައްކަތް ކުރުން.

 - މީގެ އިތުރުން ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

 - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

 - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން)

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

 - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

 - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

 - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

13 ޖޫން 2019
ހޯދާ