ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރުން ބޭނުންވެއްޖެ

ވަޒީފާގެ ފުރުސަތު

މަޤާމު: އެގްޒާމް އިންވިޖިލޭޓާރ

ބޭނުންވާ އަދަދު: 05 (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް 03 އިންވިޖިލޭޓަރުން، ޢާންމު އިމްތިހާނުތައް އިންވިޖިލޭޓްކުރުމަށް 02 އިންވިޖިލޭޓަރުން)

 

އެގްޒާމް އިންވިޖިލޭޓަރ

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަަ ޓާރމްގެ ފައިނަލް އިމްތިޙާނު ހދ.ކުޅުދުއްފުށި ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓާރ

ބޭނުންވާ އަދަދު:

05 (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް 03 އިންވިޖިލޭޓަރުން، ޢާންމު އިމްތިހާނުތައް އިންވިޖިލޭޓްކުރުމަށް 02 އިންވިޖިލޭޓަރުން)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށި ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

 

މަތީގައިވާ ޝަރުތުތަކުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

  • ޝަހާދާ ޘާނަވިއްޔާ/ޢަރަބި ބަހުގެ ޑިޕްލޮމާ / އިސްލާމިކް ސްޓަޑީޒް ޑިޕްލޮމާ / އިސްލާމިކް ސްޓަޑީޒް ޑިގްރީ ފެންވަރު ހުރި މީހަކަށްވުން ނުވަތަ
  • ދިވެހިބަހުން އަދި ޢަރަބިބަހުން ލިޔެކިޔުމުގެ ޤާބިލުކަންހުރި މީހަކަށްވުން

 

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2019 އިން 13 ޖުލައި 2019 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑުއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރުމަށްއެދި ހުށަހަޅާ ފޯމް (މި ފޯމް ކުޅުދުއްފުށި ކެމްޕަހުގެ އޮފީހުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ.)
  •  
  • http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-Term-2.pdf
  • - ވަނަވަރު (ސީވީ)
  • - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • - ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6527761 އަށެވެ.

13 ޖޫން 2019
ހޯދާ