އެގްޒާމް އިންވިޖިލޭޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނު އައުޓްރީޗް ސެންޓަރުތަކުގައި ބޭއްވުމަށްޓަކައި އިންވިޖިލޭޓަރުން ހޯދުމަށް ކުރި ނަންބަރު: MNU-CA-EX-2019-3 އިޢުލާނާ ގުޅިގެން، ބައެއް ސެންޓަރުތަކަށް ބޭނުންވާ އަދަދަށް ފޯމް ހުށަހަޅާފައި ނުވާތީ، އެސެންޓަރުތަކަށް އިންވިޖިލޭޓަރުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. އަދި އިންވިޖިލޭޓަރުން ހޯދުމަށް ކުރި ނަންބަރު: MNU-CA-EX-2019-3 އިޢުލާނާ ގުޅިގެން، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން، އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 1 ވަނަ ޓަރމްގެ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.
މަޤާމު:
ބޭނުންވާ އަދަދު:
18
އޮފީސް:
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިރީގައިވާ މަރުކަޒުތަކަށް:
1- ޅ. ނައިފަރު އައުޓްރީޗް ސެންޓަރު
2- ފ. ނިލަންދޫ އައުޓްރީޗް ސެންޓަރު
3- ނ. ކެނދިކުޅުދޫ އައުޓްރީޗް ސެންޓަރު
4- ހއ. ދިއްދޫ އައުޓްރީޗް ސެންޓަރު
5- ބ. އޭދަފުށި އައުޓްރީޗް ސެންޓަރު
6- ރ.ދުވާފަރު އައުޓްރީޗް ސެންޓަރު
އުޖޫރަ ދެވޭނެގޮތް:
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)
މަޤާމުގެ ޝަރުތު:
މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.
މަސައްކަތް ކުރަންޖެހޭ ގަޑިތައް:
އިމްތިޙާނު އައުޓްރީޗް ސެންޓަރުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ޖުލައި 2019 އިން 7 ޖުލައި 2019 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.
އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:
އެޕްލިކޭޝަންގެ ސުންގަޑި:
19 ޖޫން 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.