މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނިރު ޕޯޓަލްގެ މަސައްކަތް ކޮއްދޭނެ މީހުން ހޯދުން

ނިރު ޕޯޓަލްއަށް ބޭނުންވާ ޑޭޓާ އެންޓްރީ މަސައްކަތާއި އަދި އެހެނިހެން މަސައްކަތް ކުރުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

ޝަރުތު: މަދުވެގެން އޭލެވެލް ދެމާއްދާއިން ފާސްވެފައިވުން.

އުޖޫރަ: ދުވާލަކަށް -/200ރ

ބޭނުންވާ ޢަދަދު: 6

މުއްދަތު: 15 ދުވަސް

ނޯޓް: މިމަސައްކަތަށް މީހުން ހޮވުމުގައި ބަލާނީ މެރިޓް އުސޫލުންނާއި މިކަހަލަމަސައްކަތް ކުރުމުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-         އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް.

-         ސީވީ

-         ސެޓްފިކެޓް ތަކުގެ ކޮޕީ

-         ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.

 

މަސައްކަތަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ވެލާނާގެ 2ވަނަފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 

އިތުރުމަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341198/3341328 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

10 ޝައްވާލު 1440

13 ޖޫން 2019

13 ޖޫން 2019
ހޯދާ