ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް (ކުނިކޮށި) މުވައްޒަފުން ބޭނުންވެއްޖެ

 

މަޤާމް

ޑްރައިވަރ

ބޭނުންވާ ޢަދަދު

01

މުސާރަ:

މަހަކު 4000.00 ރުފިޔާ

ސަރިވސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

ރިސްކް އެލަވަންސް:

ނުކުންނަ ކޮންމެ ދުވަހަކަށް 15.00 ރުފިޔާ   (މަހަކު 450.00 ރުފިޔާ)

މަސައްކަތަށް ނުކުންނަ ދުވަހަކަށް ދެވޭ އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 25 ރުފިޔާ ގެ ރޭޓުން ފައިސާ ދެވޭނެ

އިތުރުގަޑި އާއި ބަންދު:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ ޝަރުތު:

 

 

 

 

 

 

 

 

 

 

 

މަޤާމްގެ މަސްއޫލިއްޔަތު:

 

 

1-      މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސް (4 ފޮރޮޅުލީ އެންގަމު އުޅަނދު C1 C2  ކެޓަގަރީ) ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

 

2-  4 ފުރޮޅިލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ( C1 C2 ކެޓަގަރީ) ލިބިފައިވާ ފަރާތެއްކަމުގައި ވުމާއިއެކު ލިޔަންކިޔަން ދަތުމާއެކު،މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން.

 
   

 


1-      ކަނޑައެޅިފައިވާ ގަޑީގައި ގޭގެއިން ކުނިކޮށްޓަށް ކުނިގެންދިޔުން

2-     ކުނިކޮށްޓަށް ޖަމާކުރެވޭ ކުނިތައް ބައިކުރުމަށްފަހު ބަހައްޓަންޖެހޭ ތަނުގައި ބެހެއްޓުން

3-     މެޝިނަރީ ބޭނުންކޮށްގެން ކުނިނައްތާލުމުގެ އެންމެހައި މަސައްކަތްތައް ސްޕަވައިޒް ކުރުން

4-     އުޅަނދުފަހަރަށާއި ކުނިކޮއްޓަށް ބޭނުންކުރާ މެޝަނަރީޒްތައް ބެލެހެއްޓުން.

5-     އުޅަނދުފަހަރަށާއި މެޝިނަރީތަކަށް ލިބޭ ގެއްލުންތައް ކައުންސިލްއަށް ރިޕޯރޓް ކުރުން

6-     މަސައްކަތާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖްރިބާ
  • މަސައްކަތުގެ ހުނަރު ލިބިފައިވާ މިންވަރާއި، ޤާބިލްކަމާއި ފެންވަރާއި ސިއްޙަތު ވަޒަން ކުރުމަށްޓަކައި އިންޓަރވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އައި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއުއަށް އަންނަންވީ ތާރީޚާއި ގަޑި މަސައްކަތު 10 ދުވަސް ކުރިން ލިޔުމުން އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއެކު )

02-  ވަޒީފާއަށް އެދި ސިޓީ

03-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި  އެއްގަމުދުއްވާ ލައިސަންސްގެ ކޮޕީ

04-  މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

05-  އެހެންތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނެއްގެ ތައްގަނޑު ޖެހި ލިޔުން

 

ސުންގަނޑި:

މިމަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއިއެކު ،

20 ޖޫން 2019 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6840004 ފޯނާއެވެ.

       

 

12 ޖޫން 2019
ހޯދާ