މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 12 ޖޫން 2019 ން 18 ޖޫން 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 13:30 ށް މި އިދާރާއިންނެވެ.
  3. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 12 ޖޫން 2019 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

އީމެއިލް: [email protected]

12 ޖޫން 2019

12 ޖޫން 2019
ހޯދާ