މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލޯން ސްކީމް އެނައުންސްމަންޓް ޖޫން 2019

      ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

163 ފުރުޞަތު

ލޯނު ފުރުޞަތުގެ އަދަދު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް

ށ. ލައިސަންސް ޕްރޮގްރާމްތައް

ފެންވަރު:

"ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 ޖޫން" ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް

ދާއިރާ:

ލޯނު އެހީ ދިނުމުގެ ޝަރުތުތައް " ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު  2019 ޖޫން" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ.

ޝަރުތުތައް:

ލޯނަށް އެދި ފޯމު ހުށަހަޅާނީ  https://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ.

ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް:

24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި:

 - ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 ޖޫން އާއި، އެއުޞޫލުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު ވާނެއެވެ. މިއުޞޫލާއި ޖަދުވަލުތަކުގައި ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށްފައިވާނެއެވެ. ވީމާ، ލޯނުއެހީއަށް އެދޭ ފަރާތްތަކުން މިއުޞޫލާއި ޖަދުވަލުތަކުގައިވާ ކަންކަމަށް ސަމާލުކަން ދިނުން އެދެމެވެ.

- ލޯނަށްއެދި ހުށައަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ.

- މި ސްކިމުގެ ދަށުން އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖެނުއަރީ 2019 ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުންނެވެ. އަދި 1 ޖެނުއަރީ 2019 ގެ ކުރިން ކޯހެއްގައި އެންރޯލް ވެފައިވާ ދަރިވަރުން ބަލާނީ މިހާރު ކިޔަވަމުންދާ ފަރާތެއްގެ ގޮތުގައެވެ.  

- މިހާރު ކިޔަވަމުންދާ ފަރާތެއް ނަމަ، އިސްކަންދޭނީ  ކޯސް ފުރިހަމަކުރުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށެވެ. މިގޮތުން އެއްވަރު ވެއްޖެ ހާލަތެއްގައި ބެލެވޭނީ މެރިޓް އުޞޫލަށެވެ.

އިތުރު މަޢުލޫމާތު:

-  ލޯނަށް އެދި ހުށަހަޅާއިރު ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާނަކަށް ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 - ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައެވެ.

-  އެމް.ކިއު.އޭ އިން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ ފުރިހަމަ ކޮށްފައިވާ ކޯހަކީ  އެމް.ކިއު.އޭ އިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ އެމް.ކިއު.އޭގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު އޭގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

  - ސެޓްފިކެޓް ނުވަތަ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާނަމަ، ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފާރމަކުން އެކޮޕީ، އެސެޓްފިކެޓް ނުވަތަ ޓްރާންސްކްރިޕްޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައި އޮންނަންވާނެއެވެ. މިގޮތުން ތައްގަނޑުޖަހާފައިވާ ލިޔުމެއްގެ ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

- ރާއްޖޭގައި ހަދާ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ތަކުގެ ސެޓުފިކެޓުތައް ފިޔަވައި އެހެން ލިޔުންތަކުގެ އަސްލު ލިޔުމުގައި 2 ފުށް ޗާޕުކޮށްފައިވާނަމަ، އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާ ލިޔުމުގައިވެސް 2 ފުށް ކޮޕީކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖެހި ލިޔުމުގައި ލޯ ފާރމް/އޮފީހުގެ ނަން، ތަނުގެ ތައްގަނޑު، ސޮއިކުރި މީހާގެ ނަން، ތާރީޚް އޮންނަންވާނެއެވެ.

ވެލިޑޭޓްކުރުމާއި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖެހުން:

  1. މި އިޢުލާނާއެކު ވެބްސައިޓަށް އަޕްލޯޑު ކޮށްފައިވާ ތިރީގައިވާ ލިޔުންތަކަކީ މި އިޢުލާންގެ ބައިބައެވެ.

-          ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 އާއި އެއުޞޫލުގެ ޖަދުވަލުތައް

  1. 2.     އިއުލާނުގެ މުއްދަތު ހަމަވުމުގެ 3 ދުވަސްކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން  ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް އެއްފަހަރު ފުރުސަތު ދެވޭނެއެވެ. މި އިއުލާނުގެ މުއްދަތުގެ ފަހު 3 ދުވަހު ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެއެވެ.

އެހެނިހެން:

  އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅާނީ 3341327، 3341326 ފޯން ނަމްބަރަށެވެ.

12 ޖޫން 2019
ހޯދާ