ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ފުޓްބޯޅަ ދަނޑުގެ ފެންސްނުޖަހާ އޮތްބައިގާ ފެންސް ޖެހުން

ނައިފަރު ފުޓްބޯޅަ ދަނޑުގެ ފެންސް ނުޖަހާ އޮތް ބައިގެ ފެންސް ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)327-C/327/2019/88 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް 3 ފަރާތް ޙާޟިރުވެލައްވާފައި ނުވާތީ، އަލުންވެސް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝާޢުގުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ޑޮކިޔުމެންޓްސް ނެންގެވުން އެދެމެވެ.ބިޑް ޑޮކިޔުމެންޓްސް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ވީމާ ޑޮކިޔުމެންޓްސް ބައްލަވައި އޮފީހަށް ދުރުވާއިރު ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްއެއް ގެންނަވަން ވާނެއެވެ.ބިޑް ޑޮކިޔުމެންޓްސް މެއިލްއިން ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 6620340 ށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] ށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ، މިކޮންޓްރެކްޓާއިމެދު ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއީ މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރެވޭ 2 ވަނަ ފަހަރު ކަމަށްވާތީ އެންމެ ފަރާތަކުން ބިޑް ހުށަހެޅި ކަމުގައި ވިޔަސް ހުށަހެޅުން އެކަށީގެންވާނަމަ އެފަރާތާއި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެއެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރުން

11 ޖޫން 2019 އިންފެށިގެން ޕްރީބިޑް މީޓިންގއާ ހަމައަށް ނައިފަރު ކައުންސިލްގެ އިދާރާގައި

 

ޕްރީބިޑް މީޓިންގ

17 ޖޫން 2019 (ހޯމަ) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި

( ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނެވުން އެދެމެވެ. )

 

ބިޑް އޯޕަން މީޓިންގ

20 ޖޫން 2019 (ބުރާސްފަތި) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި

ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

11 ޖޫން 2019
ހޯދާ