ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ޒުވާނުންގެ ޖަމްޢިއްޔާއިން ޢިމާރާތްކޮށްފައިވާ ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިން ޢިމާރާތްކޮށްފައިވާ ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

            ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީހް

ދުވަސް

ގަޑި

މައުލޫމާތު ސާފުކުރުން

މުންޑޫ ކައުންސިލް އިދާރާ

20 ޖޫން 2019

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށައެޅުން

މުންޑޫ ކައުންސިލް އިދާރާ

26 ޖޫން 2019

ބުދަ

11:00

            މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް އަދި އަންދާސީހިސާބު ހުށައެޅުމަށް ގަޑިޖެހިގެން އަންނަ ބޭފުޅުން ބައިވެރި ނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

              08 ޝައްވާލް 1440

              11 ޖޫން 2019    

 

                                                      އިބްރާހިމް ނައީމް

                                                      ކައުންސިލްގެ ރައީސް    

11 ޖޫން 2019
ހޯދާ