މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

އިޢުލާން

 

އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

 

މިއިދާރާގެ ފަރާތުންދޭ ކުރެހުމާއި އެއްގޮތަށް 12 އެނދު ( ސިންގަލް ) ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2019 ވަނަ ދުވަހު 11.00 އަށް މިއިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖޫން 2019 ވަނަ ދުވަހު 11.00 އަށް އަދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރިކުރާ ތަނަކުންނަމަ އެމީހަކީ އެކުންފުނިން ނުވަތަ އެވިޔަފާރިކުރާ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. ކުންފުނި ނުވަތަ ވިޔަފާރިކުރާ ތަންތަނުގެ ވެރިފަރާތުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ވެރިފަރާތްކަން ކަށަވަރު ކޮށްދޭ ލިޔުންވެސް ހުށަހަޅަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށައަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެވާހަކަވެސް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            08 ޝައްވާލު 1440

            11  ޖޫން   2019

11 ޖޫން 2019
ހޯދާ