ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މެކޭނިކް، ޕްރޮކިއުމަންޓް އެސިސްޓެންޓް، ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް، މަސައްކަތު (ފިރިހެން)

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:

1. މަގާމުގެ ނަން

މެކޭނިކް

ރޭންކް:

އެމް.އެސް 1

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނެންސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ޚާއްޞަ އެލަވަންސް:

 2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

ސްޕެޝަލް އެލަވަންސް:

-/3,500 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

-/1,000 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއަރކަންޑިޝަނިންގ ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

މަގާމުގެ މަސައްކަތް ކުރުމުގެހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުމެއް ހައްޤުވާ މާކްސް ލިބެމުންދިއުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 

- މީގެ އިތުރުން، މިމަގާމަށް މީހަކު ހޮވުމުގައި VRV ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ތަޖުރިބާއާއި މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

އެއަރކަންޑިޝަން ސިސްޓަމް ބެހެއްޓުމާއި، މެއިންޓެނަންސާގުޅޭ މަސައްކަތްތައް ކުރުން.

2. މަގާމުގެ ނަން

ޕްރޮކިއުމަންޓް އެސިސްޓެންޓް

ރޭންކް:

ޖީ.އެސް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނެންސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ޚާއްޞަ އެލަވަންސް:

 2,009/25 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

-/1,000 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރޮކިއުމަންޓާ ގުޅުންހުރި މަސައްކަތްތައްކުރުން.

3. މަގާމުގެ ނަން

ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް

ރޭންކް:

އެސް.އެސް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/3,875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,000 ރުފިޔާ

ޚާއްޞަ އެލަވަންސް:

1,743/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

އޮގްޒިލަރީ ސަރވިސް އެލަވަންސް:

-/700 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 (ސެޓްފިކެޓް 1) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

- މީގެ އިތުރުން، މިމަގާމަށް މީހަކު ހޮވުމުގައި ފުޑް އެންޑް ބެވެރޭޖް ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ޕޭންޓްރީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

4. މަގާމުގެ ނަން

މަސައްކަތު (ފިރިހެން)

ރޭންކް:

އެސް.އެސް 1

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް / ފައިނޭންސް އެންޑް މެއިންޓެނަންސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/3,100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,000 ރުފިޔާ

ޚާއްޞަ އެލަވަންސް:

-/1,395 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

އޮގްޒިލަރީ ސަރވިސް އެލަވަންސް:

-/700 ރުފިޔާ

މަގާމުގެ ޝަރުޠު:

 

-  ލިޔަން ކިޔަން ދަތުން.

-  ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.

-  ޢުމުރުން 45 އަހަރުން ދަށުގެ މީހެއް ކަމުގައި ވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

-  ހައުސްކީޕިންގ އާއި މެއިންޓެނަންސްގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 16 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

10 ޖޫން 2019
ހޯދާ