ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލް ދޮރާއި ދޮރުފަތްތައް މަރާމާތު ކުރުން

 

 

ތ.އަތޮޅު ހޮސްޕިޓަލް

ތ.ވޭމަންޑޫ، ދިވެހިރާއްޖެ

`

                                 

 

 

(IUL)TAH-D/TAH/2019/4ނަންބަރ:

 

 

 

                                    އިޢުލާން

 

          ތ.އަތޮޅު ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް 11 ޖޫން 2019 ވާ އަންގާރަ ދުވަހުން ފެށިގެން 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް މި ހޮސްޕިޓަލްގެ އޮފީސް ރިޝެޕްޝަން އަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ ސޯސަންމަގު ) ރިޝެޕްޝަން އަށް ހެދުނު 9.30 އިން 13.00 އާއި ދޭތެރޭ ވަޑައިގެން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި ( ސީޑީ ) ލިބިވަޑައި ގަންނަވާނެއެވެ.  އަދި 19 ޖޫން 2019 ވާ ބުދަ ދުވަހު ހެދުނު 10.00 ގައި ޕްރިބިޑް ސެޝަންއެއް މި ހޮސްޕިޓަލް އާއި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ ސޯސަންމަގު ) ގައި އޮންނާނެއެވެ.

          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޖޫން 2019 ވާ އާދިއްދަ ދުވަހުގެ 10.00 ގައި  މި ހޮސްޕިޓަލް އާއި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ ސޯސަންމަގު ) ގައި އޮންނާނެއެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުުކުރައްވަން ބޭނުންފުޅުވެވަޑައި ގަންނަވާނަމަ 19 ޖޫން 2019 ވާ ބުދަ ދުވަހުގެ ހެދުނު 10.00 ގެ ކުރިން procurement@health.gov.mvއަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                  އިޙްތިރާމްގަބޫލްކުރެއްވުންއެދެމެވެ.            

                   3  ޖޫން  2019

 

 

 

 

 

 

 

03 ޖޫން 2019
ހޯދާ