މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޕްލޭނިންގް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢްވަތު އަރުވަމެވެ.

ޕްލޭނިންގ  އޮފިސަރ

މަޤާމް:

 J-307877

މަޤާމުގެ ނަމްބަރ:

1 (އެކެއް)

މަޤާމުގެ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 2

މަޤާމުގެ ރޭންކް:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލަސިފިކޭޝަން:

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް ޔްނިޓް.

ސެކްޝަން:

މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާ

މަޤާމް އޮތް އޮފީސް:

މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

6295.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ކޯ އަދި ސަޕޯޓިން ކޯ އެލަވަންސް
  2.  ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3.  ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ އެލަވަންސް

އިތުރު ޢިނާޔަތްތައް:

 

  1. ރަށު ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ވެރިންގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.  
  2. ޢަމަލުކުރެވެމުންދާ ރަށު ތަރައްޤީގެ ޕްލޭން، ކަނޑައެޅިފައިވާ މުއްދަތުގައި ރިވިއުކުރުމާއި ޙިއްސާކުރަންޖެހޭ ފަރާތްތަކަށް ޙިއްސާކުރުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
  3. ޢަމަލުކުރެވެމުންދާ ރަށު ތަރައްޤީގެ ޕްލޭން، މުއްދަތު ހަމަވުމުގެ 3 މަސްދުވަސް ކުރިން، ކުރިއަށްއޮތް 5 އަހަރު ދުވަހަށް އެކުލަވާލާ "ރަށުތަރައްޤީގެ ޕްލޭން" ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  4. ކައުންސިލުގެ ފައިނޭންޝިއަލް ޕްލޭނާއި މަސައްކަތު ތާވަލު އެކުލަވާލުމާއި ޙިއްސާކުރަންޖެހޭ ފަރާތްތަކަށް ޙިއްސާކުރުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ރާވައި ހިންގުން.
  5. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި ޙާދިޘާތަކުގައި އެހީތެރިކަން ފޯރުވައިދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތާއި އެފަދަ ޙާލަތްތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ރާވައި ހިންގުން.
  6. ޑިޒާސްޓަރ މެނޭޖްމަންޓް އޮފިސަރެއްނެތް ހާލަތެއްގައި، އެމަޤާމުގެ މަސައްކަތް ކުރުން.
  7. ރަށްގިރުމާއި ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ރަށުގެ ބިން ބޭނުންކުރެވޭނޭ ގޮތުގެ ޕްލޭނާއި ދީރާސާއަށް ބޭނުންވާ މަޢުލޫމާތު ކައުންސިލަށް ތައްޔާރުކޮށްދިނުމާއި މިކަންކަމުގެ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި އިތުރުކުރުމަށް، ކައުންސިލުން ކަނޑައަޅާ އެންމެހައި ކަންކަން ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ރާވައި ހިންގުން.
  8.  ކުނި ނައްތާލުމުގެ ޕްލޭން އެކުލަވާލުމާއި ޕްލޭނަށް އަމަލުކުރެވޭ މިންވަރު ދިރާސާގޮތް ކަމާއި ގުޅުންހުރި ތަފާސްހިސާބުތައް ވެރިންނާއި ހިއްސާކުރުން.
  9. ޙަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް، ރިޕޯޓްތަކާއި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކޮށް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ފޮނުވަންޖެހޭ ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  10. ޙަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކާއި ގުޅިގެން ތައްޔާރު ކުރެވޭ އެންމެހައި ލިޔެކިއުންތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ފައިލްކޮށް ފަސޭހައިން ފެންނާނޭގޮތަށް ބެލެހެއްޓުން.
  11. ކައުންސިލުގެ ހުރިހައި މުވައްޒަފުން ޝާމިލްވެގެންކުރެވޭ އެންމެހައި ކަންތައްތަކާއި، ދިމާވާ މުޙިއްމު ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކާއި އެހެނިހެން ކަންތައްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
  12.  ތާރީޚާއި ޘަޤާފީ ކަންކަން އަދި ކްލަބް ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ހިންގޭ ހަރަކާތްތައް ރާވާ ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. 
  13. ބޯހިމެނުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ތަފާސްހިސާބުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  14. ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ނިމޭ މަސައްކަތްތައް ފައިލްކުރުމާއި، ނުނިމިހުރި މައްސަލަތައް ފަސޭހައިން ފެންނާނެހެން ފައިލިންގ ކެބިނެޓުގައި ބެލެހެއްޓުމާއި، ސެކްޝަނުން ލިޔަންޖެހޭ މެސެޖު، ސިޓީ، ރިޕޯޓް، އިޢުލާން، އެންގުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުތުތައް:

ޕްރޮޖެކްޓް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ
  2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (މި ފޯމް މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2.  ވަޒީފާޔަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާޔަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފާވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކައަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ)

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލަސަރވިސްގެ ވަޒީފާޔަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށަފއިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާޔަށް އެދޭ ފޯމް ދިއްފުށީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 19ވާ، ބުދަ ދުވަހުގެ 13:00ގެ ކުރީން، މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާޔަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ،[email protected]  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި

ސުން ގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  2019 ޖޫން 23 އާއި 29 އާއި ދެމެދު މާލެއަތޮޅު ދިއްފުށި ކައުންސިލް އިދަރާއިން ކަނޑައަޅާތަނެއްގައެވެ.  ވުމާއިއެކު، މި ވަޒީފާޔަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިޔުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އިންޓަވިއު އޮންނަ ދުވަހުގެ 2 ދުވަސްކުރީން އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި އެޕްލިކޭޝަން ފޯމުގައިވާ ނަންބަރުތަކަށް ގުޅައިގެން އެންގޭނެއެވެ.

އިންޓަރވިޔު އޮންނާނެ ތަނާއި މުއްދަތު.

މި ވަޒީފާޔަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލާ، ވަޒީފާޔަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއްމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން.

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ %30 (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެއްމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ.

މި އިޢްލާނާއި ގުޅޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6640071 ނަމްބަރ ފޯނާއިއެވެ. އީ.މެއިލް ކުރާނީ  [email protected]   އަށެވެ.

03 ޖޫން 2019

03 ޖޫން 2019
ހޯދާ