މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރު ފިޠުރު ޒަކާތް ދޫކުރުމާއި ބެހޭ

1440 ވަނަ އަހަރު ފިޠުރު ޒަކާތް ދޫކުރުމާއި ބެހޭ

1440 ވަނަ އަހަރުގެ ފިޠުރު ޒަކާތް 29 ރަމަޟާން 1440 (03 ޖޫން 2019 )ވާ ހޯމަ ދުވަހު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ 1440 ވަނަ އަހަރު އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށެވެ. ފިޠުރު ޒަކާތް ދޫކުރެވޭނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތުގެ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު ގެނައުމުންނެވެ. ފިޠުރު ޒަކާތް ދޫކުރާ ތަންތަނާއި ވަގުތުތައް ތިރީގައި އެވަނީއެވެ.

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ތަނާއި ވަގުތުތައް :

ތަން:

އިސްލާމީ މަރުކަޒު ހޯލުގައި

ތާރީޚް:

29 ރަމަޟާން 1440 (03  ޖޫން 2019 )

ގަޑި:

ހެނދުނު 9:30 އިން މެންދުރު 12:00 އަށް

މެންދުރު 12:45 އިން ހަވީރު 15:30 އަށް

ރޭގަނޑު 21:00 އިން 23:00 އަށް

 

ގޮވާމުގެ ބާވަތްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތަނާއި ވަގުތުތައް :

ތަން:

ޢަރަބިއްޔާ ސްކޫލް ހޯލުގައި

ތާރީޚް:

29 ރަމަޟާން 1440 ( 03 ޖޫން 2019 )

ގަޑި:

ހެނދުނު 9:30 އިން މެންދުރު 12:00 އަށް

މެންދުރު 12:45 އިން ހަވީރު 15:30 އަށް

ރޭގަނޑު 21:00 އިން 23:00 އަށް

02 ޖޫން 2019
ހޯދާ