މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދިނުމާއި ގުޅޭ

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީގެ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ 18 ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް 3 ޖޫން ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

Intel i5 8th Gen Processor
8GB RAM DDR4 RAM
240GB SSD Hard Disk
Internal 8x DVD +/-RW Optical Drive 
Intel Integrated Graphics Graphics
10/100/1000Mbps Gigabit Ethernet Network Interface
USB Keyboard Keyboard
USB Optical Mouse, including mouse pad Mouse
Genuine Microsoft Windows 10 Professional 64-bit Operating System
Genuine Microsoft Office home and business 2019 Software Required
21inches LED Display Monitor

 

 

 

 

 

 

 

  

ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު

ބީލަން ހުށަހަޅުއްވަންވާނީ މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގެ ބޭރުގައި ބީލަން ހުށައަޅާފަރާތުގެ ފުރިހަމަ ނަމާއި، ބީލަމުގެނަން ޖަހާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތްނުވާ ބީލަންތައް ބާތިލްކުރެވޭނެއެވެ. ހުށަހަޅުއްވާ ބީލަމާއެކު މަދުވެގެން ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ.

ހ. ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ނުވަތަ ޕްރޮފައިލް

ށ. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ

ނ. ލިބިފައިވާ ތަޖުރިބާ ސަޕޯޓިންގ ޑޮކިއުމަންޓާއެކު

ރ. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ

ބ. ބީލަމުގެ އަގު ޖީ.އެސް.ޓީ އާއެކު

ޅ. މަސައްކަތް ނިންމުމަށް ހުށަހަޅުއްވާ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުން"

ކ. ހުށަހަޅާ ތަކެއްޗާއިބެހޭ ފުރިހަމަ މަޢުލޫމާތު ހުށައަޅަންވާނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  1. އަގު: 60 މާކްސް ( އެންމެ ކުޑަ އަގު / ހުށައެޅި އަގު*60 )
  2. މުއްދަތު: 20 މާކްސް ( އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު*20 )  
  3. ތަޖުރިބާ: 20 މާކްސް ( ތަޖުރިބާ ، މީގެ ކުރިން މިފަދަ މަސައްކަތް ކޮށްދީފައިވާ ކަމުގެ ލިޔުންތަކަށް ބެލުމަށްފަހުއެވެ. މިގޮތުން ހުށަހަޅާ ކޮންމެލިޔުމަކަށް ލިބޭނީ 5 މާކްސް އެވެ. އެންމެ ގިނަވެގެން ލިބޭނީ 20 މާކްސް އެވެ. އަދި އެލިޔުންތަކުގައި އެ ލިއުމެއް ދެއްވި ފަރާތުގެ ތައްގަޑާއި ސޮއި އޮންނަންވާނެއެވެ. )
  • ބީލަމާބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7966634 އަށް ގުޅުއްވުން އެދެމެވެ.

 

20 ރަމަޟާން 1440

25 މޭ 2019
ހޯދާ