މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާމަސޫޓިކަލް އޮފިސަރ

އިޢުލާން

މަޤާމު

 ފާމަސޫޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު

J-280468, J-280467, J-280466

ބޭނުންވާ އަދަދު

03 (ތިނެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ޕޯޓް ކޮންޓްރޯލް / އެމްޓީޖީ ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހުޅުމާލެ ޕޯޓް، ހުޅުލެ ޕޯޓް، ތިލަފުށި ޕޯޓް، މާލެ ޕޯޓް އަދި އަތޮޅު ތެރޭގައި ގާއިމު ކުރެވިފައިވާ ޕޯޓްތައް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސްޕެޝަލް ޑިއުޓީ އެލަވެން ގެ ގޮތުގައި މުސާރައިގެ %35
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.  އެމްއެފްޑީއޭގެ އެކްޝަން ޕެލޭންގައިވާ ކަންތައްތައް ހާޞިލް ކުރުމަށްޓަކައި ކަނޑާއި ވައިގެ މަގުން ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް  އެތެރެވަނީ ބޭހާއިބެހޭ ގަވައިދު އަދި މޯލްޑިވްސް ފްޑްއެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަށަވަރުކުރުމަށްޓަކައި ޕޯޓްތަކުގައި ކުރަންޖެހޭ އިންސްޕެކްޝަން ކުރުން.

2.  ކަނޑާއި ވައިގެ މަގުން ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އެތެރެކުރެވޭ އިރު ހުންނަންޖެހޭ މިންގަނޑުތަކުގައި ހުރިކަން ކަށަވަރު ކުރުމަށްފަހު ޝިޕްމަންޓްތަކަށް ހެލްތް ކްލިއަރެންސްދިނުން.

3.  ކަނޑާއި ވައިގެ މަގުން ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް ގެ ،ތެރެއިން މިންގަނޑަށް ނުފެތޭ ބޭހާއި ހުއްދަނޫން ބޭސް އެތެރެނުވާނެ ކަން ކަށަވަރުކުރުމަށްޓަކައި ، ސަރުކާރުގެ ކަމާއި ގުޅޭ އެހެނިހެން އިދާރާތާކާއި ގުޅިގެން ހުއްދަނޫންބޭހާއި މިންގަނޑަށް ނުފެތޭ ބޭހުގެ ޝިޕްމަނޓް ތައް ހިފެހެއްޓުން.

4.  ރާއްޖެއަށް އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސްގެ އެންމެހައި މައުލޫމާތު ބަލަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ތައް ކުރުން.

5. މިންގަޑުތަކަށް ނުފެތުމާއި އަދި އެނޫންވެސް ހާލަތްތައް ބެދުވެރިވެގެން ޕޯޓްތަކުގައި ހިފަހައްޓާ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް ގެ މައުލޫމާތު ބަލަހައްޓައި ދެމެހެއްޓުން.

6. ކައުންޓަރފީޓް ބޭހާއި ސަބްސްޓޭންޑާރޑް ބޭސް ދެނެގަތުމަށްޓަކައި ޕޯޓްތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި އެމައުލޫމާތުހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސަކުރުމުގެ މަސައްކަތް ގަވައިދުން ކުރުން.

7.  ޕޯސްޓްމާކެޓް ސަރވެލަންސް ޕްރޮގޮރާމްގެ ދަށުން މާކެޓުން އެއްކުރެވޭ މައުލޫމާތު ތައް ޕޯޓްތަކުގައި ތަންފީޒްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ތައް އަމަލީ ގޮތުން ކުރުން .

8.  ބަލިމީހުންގެ ބޭސްފަރުވާއަށް ހާއްސަކުރެވިގެން ޑޮކްޓަރ ގެ ބޭސްސިޓީއަށް އެތެރެކުރޭވޭ އެންމެހައި ބޭސް އެތެރެކުރެވެނީ ބޭހާއިބެހޭ ގަވައިދު އަދި މޯލްޑިވްސް ފުޑްއެން ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑު ތާކައި އެއްގޮތަށް ކަން ކަށަވަރުކުރުން.

9.  މެޑިސިން އެންޑް ތެރަޕިއުޓިކް ގްޑްސް ޑިވިޝަން ގެ ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ މަސައްކަތް ތަކުގެ ތެރެއިން ޕޯޓް ތަކުގައި ހުންނަޖެހޭ ސްޓޭންޑާރޑް ތައް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

10. މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަން ގެ  އެކްރެޑިޓޭޝަން ސްކޯޕް ފުޅާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން

11. ޕޯޓް ތަކުގެ ގެ ޔައުމިއްޔާއާއި އަހަރު ރިޕޯޓުފަދަ ލިޔެކިޔުންތަކަށް ބޭނުންވާ މައުލޫމާތާއި ތަފާސް ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުން

12. ޕޯޓް ތަކުގެ މަސައްކަތް ކުރުމަށްތައްޔާރު ކުރެވިފައިވާ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރ ހަރުދަނާ ކޮށް އަޕްޑޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

13. ޕޯޓްތަކުގައި ކުރެވޭ އިންސްޕެކްޝަން ގައި ބޭނުންކުރެވޭ އިކްއިޕްމަންޓްސް ގަވައިދުން ކެލިބްރޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ތައް ކުރުމާއި މިފަދަ އިކްއިޕްމަންޓްސް ތަކުގެ ރެކޯޑްސް ބެލެހެއްޓުން.

14. ޕޯޓްތަކުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާ ކޮށް ތަރަށްގީ ކޮށް ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

15. އެމް. އެފް. ޑީ.އޭގެ މެންޑޭޓް ހިންގުމަށް އަދި މެޑިސިން އެންޑްތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

 

16. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅެގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

ފާމަސޫޓިކަލް ސައިންސް ، ފާމަސީ

ގުޅޭ ވަޒީފާގެ ދާއިރާ

 ފާމަސީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖޫން 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ.

30 މޭ 2019
ހޯދާ