ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އޮޑިހަރުގޭގެ ބިމުގައިހުރި ތަކެތި ނަގައި ބިން ސާފު ކުރުން.

         

އިޢުލާން

 

         ވަގުތީ އޮޑިހަރުގޭގެ ބިމުގައިހުރި ތަކެތި ނަގައި ބިން ސާފު ކުރުން.

         ހއ. އިހަވަންދޫ އަމީނީ މަގު އުތުރުކޮޅު އިރުމަތީ ފަރާތުން އެއްއިންވެގެން އޮތް ވަގުތީ އޮޑިހަރުގެ ވަޅުގެ ބިމުގައި އެކި ފަރާތްތަކުން ބަހައްޓާފައިހުރި ތަކެތި 29 މެއި 2019 ވަނަ ދުވަހުން ފެށިގެން 09 ޖޫން 2019 ވަނަ ދުވަހު މެންދުރުފަހު 12:30 ގެ ކުރިން އެތަކެތި ނަގައި ބިން ސާފު ކުރުމަށް އަންގަމެވެ.

         ދެންނެވުނު ބިން އެނގޭގޮތަށް އެ ބިމުގެ 4 ކަނުގައި ބޯޑް ބަހައްޓާފައި ހުންނާނެއެވެ. އެއިން ކޮންމެ ބޯޑެއްގައި " ތީރުން ދައްކައިދީ، މި ސަރަޙއްދުގައި ބަހައްޓާފައިހުރި ތަކެތި އިޢުލާނުގައިވާ ގޮތުގެ މަތިން ނެންގެވުން " މިހެން ލިޔެ އެ ލިޔުމުގައި މި އިދާރާގެ ސިއްކަ ޖަހާފައި ހުންނާނެއެވެ

         ވީމާ، އެ ބިމަކީ އިހަވަންދޫ ރައްޔިތުންނަށް ވަގުތީ އޮޑިހަރުގެ ދޫކުރުމަށް މިކައުންސިލުން ބޭނުން ވުމުން ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާއިން އެކަމަށް ކަނޑަޅައި ނިންމާފައިވާ ބިމަކަށްވާއިރު، މި ބިމުގެ ބޭނުން މިހާރު ކުރަމުން ގެންދަނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ކަމަށް ވާތީ އެ ބިމުގައިހުރި ތަކެތި ނެގުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގައި ބިން ސާފުނުކޮށްފިނަމަ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެބިމުގައި ހުރި ތަކެތި ނަގައި އެ ބިން ސާފުކުރުމުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމުގައި، ދަންނަވަމެވެ. 

         އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާއި ޢަދުލްއިންސާފާއެކު ކަންކަން ކުރުމަށް ކަމަށްވީހިނދު ޤާނޫނާއި ޤަވާއިދާއި، އަދި އިޖްރާޢީ އުޞޫލުތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލު ކުރުމަށް އަންގާ ނަޞޭޙަތްތެރި ވަމެވެ.  

         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         23 ރަމަޟާން 1440

         28 މެއި   2019

 

29 މޭ 2019
ހޯދާ