މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕައިލެޓް
ބޭނުންވާ އަދަދު :1

މުސާރަ:

-/13000 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/10400 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/8000ރ - -/10000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

މުއްދަތު ހަމަނުވާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (މާސްޓަރ އަންލިމިޓެޑް) ސެޓްފިކެޓް އޮތުން.

ކެޕްޓަނެއްގެ ވަޒީފާގައި 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން (ޖީ.ޓީ 10000 ޓަނުން މަތީގެ އުޅަނދުފަހަރުގައި)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދު ފަހަރަށް ޕައިލޮޓް ޚިދުމަތް ދިނުމާއި އެމަސައްކަތުގައި ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.

- ކާގޯ އޮޕަރޭޝަނުން އަންގާ ގޮތެއްގެ މަތީން މަސައްކަތް އަވަސްވާ ގޮތަކަށް އުޅަނދުފަހަރު ބާތަށް ކައިރިކޮށް ދުރުކޮށްދިނުން.

- ޕައިލޮޓް މޫވްމަންޓް ނިންމުމަށްފަހު ވެސެލް ޗެކްލިސްޓް ޕައިލޮޓޭޖް އެންޑް މެރިން ސާރވިސްއަށް ހަވާލުކޮށް، ޕީޓީބީ ފޯމް ހެދުމުން ސޮއިކުރުން.

- މާލެ ވިޔަފާރި ބަނދަރުގެ ޕޯޓް ލިމިޓެޑް ތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުން.

- އޮފީހުން ބަލަހައްޓަމުންގެންދާ ކަނޑުމަތީގެ ބައްތިތަައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވޯކް އޯޑަރ ފޮނުވުން.

- ހުޅުލެ، ފުނަދޫ އަދި ތިލަފުށި އަދި ހުޅުމާލެ ބަނދަރަށް ގެންދާ ބޯޓުފަހަރަށް ޤަވާއިދާއި އެއްގޮތަށް ޕައިލޮޓް ޚިދުމަތް ފޯރުކޮށް ދިނުން.

- ޕައިލޮޓޭޖް ޚިދުމަތް ދިނުމުގައި ދަތިވާ މައްސަލަތައް ޑިޕާޓްމެންޓް ހިންގަން ހުންނެވި ވެރިޔަކަށް އެންގުން.

- ޕައިލޮޓޭޖް ޚިދުމަތުގައި އެކްސިޑެންޓެއް ހިނގައިފިނަމަ ޑިޕާޓްމެންޓަށް އެންގުމާއި އެޗް.އޯޑީ އަށް ލިޔުމުން ރިޕޯޓްކުރުން.

- ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޕޯޓް ކޮންޓްރޯލް ޕާމިޓްތައް އިޝޫކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 ޕައިލޮޓޭޖް އެންޑް މެރިން ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (މާސްޓަރ އަންލިމިޓެޑް) ގެ އެޓެސްޓް ކުރެވިފައިވާ ކޮފީ  

ސުންގަޑި:

2019 ޖޫން 06ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 

29 މޭ 2019
ހޯދާ