ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ސިޑިތަކާއި ރަށު ބަނދަރުގެ ވާޓަރު ކައިރީގައި ތަކެތި ބެހެއްޓުން.

                          `                                                       

ނަންބަރު: IUL-248-ESMSMS/248/2019/53

    

 އިޢުލާން

ބަނދަރުގެ ސިޑިތަކާއި ރަށު ބަނދަރުގެ ވާޓަރު ކައިރީގައި ތަކެތި ބެހެއްޓުން.

         އިހަވަންދޫ ބަނދަރުގެ ސިޑިތައް ބޭނުން ކުރަންޖެހެނީ، މީހުން އަރައި ފޭބުމަށާއި އިމަރޖެންސީ ބަލީ މީހުންނާއި ގުޅޭ ގޮތުން، އުފުލަންޖެހޭ ތަކެއްޗާއި، އަދި އާއްމު ގޮތެއްގައި ދަތުރު ކުރާއިރު، ބޭނުންކުރާ ފޮށި، ތަންމަތި ލެގެޖްފަދަ ތަކެތި އަރުވާ ބޭލުމަށެވެ.

         އަދި ރަށުގެ ވާޓަރުގެ ކައިރީގައި ތަކެތި ބަހައްޓަން ޖެހޭނީވެސް އެކަމަށް ހަމަޖެހިފައި އޮންނަ ޤަވާޢިދާއި އެއްގޮތަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ސިޑިތައް ބޭނުން ކުރުމަށް ހަމަޖެހިފައި އޮންނަ ޤަވާޢިދާއި ޚިލާފަށް، ތަފާތު ވައްތަރުގެ މަހާއި ދަރުފަނާއި އަދި އެނޫންވެސް ތަކެތި ބޭލުމާއި، އެރުވުމަށް ސިޑިތައް ބޭނުން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައިވެއެވެ. ހަމަ އެހެންމެ ރަށުގެ ވާޓަރުގެ ކައިރީގައި ތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ދަރުފަނާއި، ސިމެންތިއާއި، ހިލައާއި، ހިލަވެއްޔާއި، އެނޫންވެސް ތަކެތި، އަދި މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ގެންލުންވާ ގޮތަށް ނަގިލިފަދަ ތަކެތިވެސް ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ.

         ވީމާ އެ ފަދަ ކަންކަމަކީ ވަރަށްވެސް ނާތަހްޒީބީ ކަންކަމަށްވާއިރު، އެ ފަދަކަންކަން ކުރައްވާ ފަރާތްތަކުން އެކަންކަން ކޮށް ނުހެދުމަށާއި އަދި ހަމަޖެހިފައި އޮންނަ ޤަވާއިދާއި އެއްގޮތަށް ބަނދަރުގެ ސިޑިތަކާއި ރަށު ބަނދަރުގެ ވާޓަރުގެ ކައިރީގައި ތަކެތި ބެހެއްޓުމަށް އަންގާ ނަޞޭޙަތްތެރި ވަމެވެ.  

         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މޭ 2019
ހޯދާ