މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-301121

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް-4

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާލެ / ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަން / ސިޓިޒެން ރެޖިސްޓްރޭޝަން ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/5020

މުސާރަ:

-/1500

ސަރވިސް އެލެވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

އެހެނިހެން އެލަވަންސް:

  1. މާލޭގެ ރަށްވެހީންގެ ރަޖިސްޓްރީ، ރަށްރަށުން މާލެއަށް ރަށްވެހިކަން ބަދަލު ކުރުމާއި  އަދި ދަފްތަރު ގައި ރަޖިސްޓްރީވުމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށާއި، އެކަމާއި ބެހޭ ގޮތުން އަންނަ ފޯން ކޯލްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުން.
  2. ރަށްރަށުން މާލެއަށް ރަށްވެހިކަން ބަދަލުވުމަށް ހުށަހެޅޭ ފޯމްތަކާއެކު ހުށަހަޅަން ޖެހޭ ތަކެތި ހަމަތޯ ބަލައި ޗެކް ކުރުމަށްފަހު އެތަކެތި ބަލައި ގަތުމާއި، ހަދަންޖެހޭ ސްލިޕްތައް ހެދުން.
  3. މާލެ، ވިލިމާލެ، ހުޅުމާލޭގައި ރަށްވެހިވުމާއި ގުޅިގެން ހުށަހެޅޭ ފޯމްތަކާއި، ސިޓީތައް ޗެކްކޮށް ބަލައިގަތުން.
  4. ހުޅުމާލެ، ވިލިމާލޭގައި ދިރިއުޅޭ މީހުން އެތަނެއްގައި ދިރިއުޅޭ ކަމުގެ ވަގުތީ ލިސްޓަށް އިތުރުވުމަށް އެދޭ ފޯމް، ތަކެތި ހަމަތޯ ބެލުމަށްފަހު ބަލައި ގަތުން. އަދި ހުޅުމާލެ، ވިލިމާލޭގައި ދިރިއުޅޭ ކަމުގެ ލިޔުން ދޫކުރުން.
  5. މާލޭގެ ރަށްވެހީންގެ ރަޖިސްޓްރީ، މާލޭގެ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް އަދި ދަފްތަރު ރަޖިސްޓްރީ ހެއްދުމަށް އެދި ހުށަހަޅާ ފޯމް އަދި ސިޓީތަކާއި ގުޅިގެން ދިމާވާ މައްސަލަތައް އެފަރާތް ތަކަށް ގުޅައިގެން މަޢުލޫމާތު އޮޅުން ފިލުވައި، ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. މާލޭގެ ރަށްވެހީންގެ ރަޖިސްޓްރީ، ރަށްރަށުން މާލެއަށް ރަށްވެހިކަން ބަދަލުވާ މީހުންގެ މާލޭގެ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް، ދަފްތަރު ރަޖިސްޓްރީ އަދި އުފަން ދުވަހުގެ ސެޓްފިކެޓް ބަލައި އައުމުން އެތަކެތި ދޫކުރާ ސްލިޕް ހަދައި ސޮއި ކުރުވުމަށްފަހު ދޫކުރުން. އަދި އެދުވަހަކު ދޫކުރެވޭ ޑިސްޕެޗް ސްލިޕްތައް ސިސްޓަމަށް އެންޓަރ ކުރުމާއި، ޑިސްޕެޗް ސްލިޕްތައް އެ މައްސަލައަކާއި ގުޅައި ފައިލް ކުރުން.
  7. ދާއިމީ އެޑްރެސް އަދި މަޢުލޫމާތު ބަދަލުވެގެން އޮފީހަށް ނަގައި އައި.ޑީ.ކާޑުތައް އޮފީހަށް ނެގުމަށްފަހު ސްލިޕް ހަދައި އެފަރާތަށް ދޫކުރުން. އަދި އެ ދުވަހަކު އޮފީހަށް ނަގައި އައި.ޑީ.ކާޑު ތަކުގެ ލިސްޓް ޓައިޕްކޮށް ސޮއި ކުރުވުމަށްފަހު އައި.ޑީ.ކާޑުތަކާއި ލިސްޓް، ޖެހިގެން އަންނަ ދުވަހު ޑީ.އެން.އާރަށް ފޮނުވައި ކޮޕީތައް ފައިލް ކުރުން.
  8. ޢާއްމު ރައްޔިތުންނަށް އޮފީހުން ދޫކުރުމަށް ހަމަޖެހިފައިވާ ރަށްވެހިވުމާއި ގުޅޭ އެންމެހައި އެޕްލިކޭޝަން ފޯމުތައް ފޮޓޯކޮޕީ ނަގައި ބެލެހެއްޓުން.
  9. މާލެ،ހުޅުމާލެ އަދި ވިލިމާލޭގެ ރަށްވެހީންގެ ރަޖިސްޓްރީއަށް އަންނަ އުނި އިތުރު، އަދި އަލަށް ދަފްތަރުގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މާސްޓަރ ފޮތްތަކަށް ނެގުމާއި، އަލަށް ހަދައިދޭ ރަށްވެހިންގެ ރަޖިސްޓަރީތައް މާސްޓަރ ފޮތުގައި ލިޔެ  ބެލެހެއްޓުން.
  10. މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ، ދަފްތަރު ސެޓްފިކެޓް، މާލޭ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް ޓައިޕް ކުރުން.
  11. މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ، ދަފްތަރު ސެޓްފިކެޓް، މާލޭ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް ގެއްލިގެން ހެއްދުމަށް އެދި ހުށަހަޅާ ތަކެތި ޓައިޕް ކުރުން.
  12. އޮފީހުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

   2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފާވުމާއެކު، އޭގެ        އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން         ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

    3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ             ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މާފަންނު އޮފީހުންނާއި މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ  ތަޢުލީމުދޭ   މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު   ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ   ލިޔުމުގެ  ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ   ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ   ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ   މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ   އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J- 301108

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް-3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާލެ / ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަން / ބާރތު ރެޖިސްޓްރޭޝަން ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/4465

މުސާރަ:

-/1500

ސަރވިސް އެލެވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އެހެނިހެން އެލަވަންސް:

  1. އަލަށް އުފަންވާ ކުދިންނަށް އުފަންދުވަހުގެ ސެޓްފިކެޓާއި، އުފަންދުވަހުގެ ރަޖިސްޓްރީ ޓައިޕްކުރުމާއި ގެއްލިގެން ނުވަތަ އެނޫންވެސް ގޮތެއް މެދުވެރިވެގެން އާކުރަން ހުށަހަޅާ އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރެޖިސްޓްރީ ޓައިޕްކުރުމާއި އަދި ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓާއި ވަގުތީ އުފަންދުވަހުގެ ރަޖިސްޓްރީ ޓައިޕް ކުރުން.
  2. އެންޓްރީއިން ލިބޭ އުފަންދުވަހުގެ ސެޓްފިކެޓް، އުފަންދުވަހުގެ ރަޖިސްޓްރީ އާބެހޭ ފޯމުތައް ޗެކް ކުރުމަށްފަހު ރަޖިސްޓްރީ ނަންބަރު އަދި ސެޓްފިކެޓް ނަންބަރު ސިސްޓަމުން ލިބުމުން ފޫޅުމާ ފޯމަށް ރަޖިސްޓްރީ ނަންބަރު އެންޓަރ ކުރުން.
  3. އަލަށް އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ޓައިޕްކުރުމާއި، ކުރިން ހަދައިދީފައިވާ އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް އާކުރުމަށް ހުށަހެޅުމުން ސެޓްފިކެޓް ނުވަތަ ރަޖިސްޓްރީ ހެއްދުމަށްފަހު އަސްލަށް އަންނަ ކޮންމެ ބަދަލެއް އަދި އުނި އިތުރެއް މި އިދާރާގައި އޮންނަ ކޮޕީން ދުވަހުން ދުވަހަށް އިޞްލާޙް ކުރުމާއި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރެޖިސްޓްރީ ހެއްދުމަށްޓަކައި ނަގަންޖެހޭ ބަޔާން ނެގުމަށްޓަކައި މައްސަލަ ސެކްޝަނުގެ އެމަސައްކަތް ކުރާ މުވައްޒަފާ ހަވާލުކުރުން.
  5. ސެޓްފިކެޓަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލަ ހައްލުކުރުމަށްޓަކައި އެމައްސަލައާ ގުޅޭ މަޢުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތަށް ދިނުމާއި އެ މައްސަލަ ޙައްލުކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  6. ވަގުތީ ގޮތުން ހަދާދީފައިވާ ސެޓްފިކެޓް ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯރޓާއެކު ދާއިމީ ކުރަން ހުށަހެޅުމުން އެ ރިޕޯރޓް ޗެކްކުރުމަށްފަހު ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓް އަދި ދާއިމީ އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމުގެ އެންމެހާ ކަންތައް ކުރުން.
  7. ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު ސެކްޝަނާއި ޙަވާލުކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މާފަންނު އޮފީހުންނާއި މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ   މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު   ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ   ލިޔުމުގެ  ކޮޕީ.

     (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ   ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ   ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ   މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ   އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖޫން 2019 ގެ 13:00 ގެ ކުރިން (ރަމަޟާން މަހާއި ޝައްވާލް މަހުގެ 6 ރޯދަ ނިމެންދެން ފޯމް ބަލައި ގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން)، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު  އޮންނާނީ، 17 ޖޫން 2019  އާއި 20 ޖޫން 2019 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                            23 ރަމަޟާން 1440

28 މޭ 2019
ހޯދާ