މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު 26 މެއި 2019 އަށް ހަމަވުމާއިގުޅިގެން މިއަދުން ފެށިގެން 01 މަސްދުވަހުގެ މުއްދަތު ލޯނަށް އެދި ހުށަހެޅުމަށް އިތުރު ކުރައްވައިފިއެވެ.  

 

މިލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަޤުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަޤުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުމެވެ.

 

މިލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިޔަން އައްޑިހަ ހަތަރު ހާސް (3,084,000.00) ރުފިޔާއެވެ. 

 

މިލޯނާއި ބެހޭ އުޞޫލާއި، ލޯނަށްއެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީ އިންނެވެ.

27 މޭ 2019
ހޯދާ