ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް ޏ.ފުވައްމުލަކު ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާ ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/093

 

އިޢުލާން

 

01 އަހަރު ދުވަހުގެ މުއްދަތަށް ޏ.ފުވައްމުލަކު ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާ ގުޅޭ:

 

ޏ. ފުވައްމުލަކު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ވަޅުލަންޖެހޭ އެލްވީ ކޭބަލާއި ސަޕްލައި ވަޅުލުމުގެ މަސައްކަތް 1 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރFNK/IUL/2019/078 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އިދާރީ ބައެއް މައްސަލަތަކާ ގުޅިގެން ބާތިލްކޮށް، އަލުން  ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކުންފުނީގެ  ޏ.ފުވައްމުލަކު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ޏ.ފުވައްމުލަކު  ބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

         21 ރަމަޟާން 1440

         26   މެއި  2019

 

            

26 މޭ 2019
ހޯދާ