ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2019 / 2020 ފުޓްބޯޅަ ސީޒަންގެ މުބާރާތްތަކުގެ ޓިކެޓް ވިއްކުމާއި ބެހޭ

2019 / 2020 ފުޓްބޯޅަ ސީޒަންގެ މުބާރާތްތަކުގެ ޓިކެޓް ވިއްކުމާއި ބެހޭ

 

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2019 / 2020 ގެ ފުޓްބޯޅަ ސީޒަންގެ މުބާރާތްތަކުގައި ޓިކެޓް ވިއްކައިދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތްވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 30 މެއި 2019 ވާ  ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައެވެ.

 

މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެއްހީރާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3327868 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

21 ރަމަޟާން 1440

26 މެއި 2019

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޢުލޫމާތު ޝީޓް

 

 • މަސައްކަތް: 2019 / 2020 ފުޓްބޯޅަ ސީޒަންގެ މުބާރާތްތަކުގެ ޓިކެޓް ވިއްކުމާއި ބެހޭ
 • އިޢުލާން ކުރި ތާރީޚް: 26 މެއި 2019
 • ·         އިޢުލާން ނަންބަރު: FAM/IUL/2019/0012
 • އަންދާސީ ހިސާބު ހުށަހެޅުން: 30 މެއި 2019 (ބުރާސްފަތި، 12:00)

-----------------------------------------------

ތަޢާރުފް

2019 / 2020 ފުޓްބޯޅަ ސީޒަންގެ މުބާރާތްތަކުގައި ޓިކެޓް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ޤާބިލް ފަރާތްތައް

 

 • އިޢުލާން ނަންބަރު: FAM/IUL/2019/0012
 • މަސައްކަތުގެ ކޮންޓްރެކްޓްގެ ދިގުމިނަކީ ގިނަވެގެން 2 (ދޭއް) ފުޓްބޯޅަ ސީޒަންއެވެ.

 

މަސައްކަތުގެ ސްކޯޕް

 

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2019 / 2020 ފުޓްބޯޅަ ސީޒަންގެ އެންމެހައި މުބާރާތްތަކުގެ ޓިކެޓް ވިއްކުން އަދި ތިރީގައި މިދަންނަވާ ކަންކަން ފުރިހަމަ ވާންވާނެއެވެ. މި އެސޯސިއޭޝަނުން ޓިކެޓް ވިއްކައިގެން ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މުބާރާތްތަކެވެ.

 

ލޯކަލް މުބާރާތްތައް

 • ކޮންމެ މެޗެއްގެ ވެސް 3 ގަޑިއިރު ވަންދެން ޓިކެޓް ވިއްކުން
 • ކޮންމެ މެޗެއް ފެށުމުގެ 1 (އެކެއް) ގަޑި އިރު ކުރިން ޓިކެޓް ވިއްކަން ފެށުން
 • ކޮންމެ މެޗެއްގެ ފުރަތަމަ ހާފް ނިމުމަށްފަހު 30 (ތިރީސް) މިނެޓްވަންދެން ޓިކެޓް ވިއްކުން
 • އެއްވަގުތެއްގައި 3 (ތިނެއް) ކައުންޓަރުން ޓިކެޓް ވިއްކުން

އިންޓަރ ނޭޝަނަލް މުބާރާތްތައް

 • މުބާރާތް ފެށުމުގެ 5 (ފަހެއް) ދުވަސް ކުރިން ޓިކެއް ވިއްކުން
 • ކޮންމެ މެޗެއް ފެށުމުގެ 1 (އެކެއް) ގަޑި އިރު ކުރިން ޓިކެޓް ވިއްކަން ފެށުން
 • ކޮންމެ މެޗެއްގެ ފުރަތަމަ ހާފް ނިމުމަށްފަހު 30 (ތިރީސް) މިނެޓްވަންދެން ޓިކެޓް ވިއްކުން
 • އެއްވަގުތެއްގައި 3 (ތިނެއް) ކައުންޓަރުން ޓިކެޓް ވިއްކުން

 

 

ބިޑް ގައި ހުންނަންޖެހޭ ތަކެތި

 • ·      އަމިއްލަ ފަރާތެއްނަމަ
 • ވަނަވަރު
 • ޒިންމާވާނެ ފަރާތުގެ ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
 • ކުރިން ކުރެވިފައިވާ މަސައްކަތްތައް

 

 • ·      ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލް
 • ކުންފުނީގެ ޕްރޮފައިލް
 • ކުންފުނީގެ ރަޖިސްޓްރޭޝަން / ކުންފުނީގެ އިސްވެރިޔާގެ ސިޓީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
 • ކުރިން ކުރެވިފައިވާ މަސައްކަތްތައް
 • އެހެން ސަރުކާރުގެ އޮފީސް / އަމިއްލަ ކުންފުންޏަކުން ދީފައިވާ ލިޔުންތައް

މާކްސް ދެވޭގޮތުގެ ތަފްޞީލް

 

މާކްސް ދެވޭ ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާރ

އަގު

80 އިންސައްތަ

 • މަސައްކަތުގެ އަގު
 • މާކްސްދެވޭނީ ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ކުޑަ އަގަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ އިންސައްތަ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
 • އަގު ކަނޑައަޅާނީ، މެޗަކަށް ބަލައިގެންނެވެ.

* މިގޮތުން މި ކްރައިޓިރިއާއިން އެންމެ ގިނަ މާރކްސް ލިބޭނީ ބެންޗް މާރކްގެ ގޮތުގައި އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

(Submitted Years of Experience / Benchmark Years) X Allocated Percentage

ތަޖުރިބާ

20 އިންސައްތަ

 • މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

* މާރކްސް ދެވޭނީ އެސޯސިއޭޝަންގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ އިންސައްތަ އެއް

* މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާރކްސް ލިބޭނީ މި އެސޯސިއޭޝަންގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

(Submitted Years of Experience / Bench Mark Years) X Allocated Percentage

26 މޭ 2019
ހޯދާ