މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތ.ވިލުފުށި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ތ.ވިލުފުށި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 މޭ 2019 ވާ ބުދަ ދުވަހުން ފެށިގެން 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ތ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ތ.ވިލުފުށި ސިއްހީމަރުކަޒަށް ހެނދުނު 09:30 އިން 12:45 އާއި ދޭތެރޭ ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 10 ޖޫންް 2019 ވާ ހޯމަ ދުވަހު ހެނދުނު 11:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ތ.އަތޮޅު ހޮސްޕިޓަލްގައި އަދި ތ.ވިލުފުށި ސިއްހީމަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ  (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ި ތ.އަތޮޅު ހޮސްޕިޓަލްގައި އަދި ތ.ވިލުފުށި ސިއްހީމަރުކަޒުގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 ޖޫންް 2019 ވާ ހޯމަ ދުވަހު ހެނދުނު 11:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

21 ރަމަޟާން 1440

26 މޭ 2019
ހޯދާ