މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމްފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

        ހދ.ނޮޅިވަރަމްފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 މޭ 2019 ވާ ބުދަ ދުވަހުން ފެށިގެން 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ހދ.އަތޮޅު ހެލްތު ސަރވިސަސް ނުވަތަ ހދ.ނޮޅިވަރަމްފަރު ސިއްހީމަރުކަޒަށް، ހެނދުނު 09:30 އިން 12:45 އާއި ދޭތެރޭ ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 12 ޖޫންް 2019 ވާ ބުދަަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ހދ.އަތޮޅު ހެލްތު ސަރވިސަސްގައި އަދި ހދ.ނޮޅިވަރަމްފަރު ސިއްހީމަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ  (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ހދ.އަތޮޅު ހެލްތު ސަރވިސަސްގައި އަދި ހދ.ނޮޅިވަރަމްފަރު ސިއްހީމަރުކަޒު ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 ޖޫންް 2019 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

21 ރަމަޟާން 1440

26 މޭ 2019
ހޯދާ